20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ޖަޒީރާ ރާއްޖެ

އިންސާފުގެ މަގަށް ޖަޒީރާ ރާއްޖެ: މުޅި ކާނިވާ ސަރަހައްދު "ލޯބިން" ފުރާލައިފި

  • މިއީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހިތު ލޯބިން އެއްވި މީހުން
  • ގޮނޑިތައް ފުރި އެތައް ސަތޭކަ ބަޔަކު ކޮޅަށް
  • މުޅި ކާނިވާ ފުރި ބާރުވެފައި
އަޒުމޫން އަހުމަދު | azmoon_ahmed

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 20:56 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


ޖަލްސާ ބާއްވާ ސަރަހައްދު އެއްކޮށް ފުރި ބާރުވެފައި -- އާކައިވް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "އިންސާފުގެ މަގަށް- ޖަޒީރާ ރާއްޖެ" ގެ ނަމުގައި މިރޭ ބާއްވާ ޖަލްސާ ފެށުމުގެ 30 މިނެޓުގެ ކުރިން މުޅި ކާނިވާ "ލޯބިން" ފުރާލައިފިއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ޖަލްސާއެއް ބާއްވާނެ ތަނެއް ނުދީ ތިން އަހަރު ވަންދެން ހިފަހެއްޓުމަށް ފަހު މިރޭ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދިނުމާ އެކު އަދަދުން ސަރުކާރު "ބަލިކޮށްލާނެ" ކަމަށް ޕާޓީތަކުން ދިޔައީ ބުނަމުންނެވެ.

ކާނިވާ ސަރަހައްދުގައި ޖަލްސާއަށް ގިނަ އަދަދެއްގެ ގޮނޑި ޖެހި ނަމަވެސް 20:30 ވީއިރު ގޮނޑިތައް ފުރާލައި، މުޅި ކާނިވާ ވަނީ ތޮއްޖެހިފައެވެ.

މިއީ ވަޒީފާގެ ބިރެއް ދެއްކުމެއް ނެތި، އެޓެންޑެންސް ބެލުމެއް ނެތި "ހިތު ލޯބިން" ޖަމާވެ ތިބި މީހުންތަކެކެވެ. މުޅި ސަރަހައްދު ފުރިގެން ގޮނޑިތައް ޖަހާފައިވާ ޖާގަ ވެސް ގާތްކޮށް އިތުރު ގޮނޑި ވެސް ވަނީ ޖަހާފައެވެ. ގޮނޑިއެއް ނުލިބި ކޮޅަށް ވެސް އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ.

ޖަލްސާއަށް މީހުން ހާޒިރުވާ އަދަދު ގިނަ ކަމުން ޓްރެފިކް ބާރު ބޮޑުވެ ކާނިވާ ސަރަހައްދަށް ދެވެން އޮންނަ މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ. ޖަލްސާ ފެށެން ކައިރިވެފައިވާ އިރު މާލޭގެ އެކި މަގުތަކުގައި އަދިވެސް ވަނީ މީހުން ފުރި ބާރުވެފައިވާ ޕިކަޕްތަކުން ޓްރެފިކް ބޮޑުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފޯ އިބޫ

2 ހަފްތާކުރިން

ޖަލްސާ ފެނުނީމަ އުފަލުން ރޮވިއްޖެ، ހިތަށް އަރާ އެތަނުގައި އިނދެ ބަލާލެވޭނެނަމައޭ. އެކަމަކު އަދާކުރާ ވަޒީފާގެ ގޮތުން ބައިވެރި ވެވޭކަށް ނެތް. އެހެން ވީމަ އެހެން މީހެއްގެ ފޭސްބުކް އެކައުންޓުން ލައިވް ކޮށް މި ބަލަނީ. މީ މިއަދަށް ހުރިގޮތް. އިރާދަ ކުރެއްވިޔއްޔާ މިކަން ނިމޭނެ. އިރާދަކުއރެއްވިއްޔާ ހޮވޭނެ. އުއްމީދަކީ ވެރިކަން ލިބުމުން ޔާމީން ހެދިގޮތަށް ވަޒީފާ ތިބި މީހުން ވަޒީފާއިން ވަކި ނުކުރުން. ވަރަށް ސަލާމް . ވޯޓް ފޯ ކެންޑިޑޭޓް ނަންބަރު 2

0
0
ޔަސް

2 ހަފްތާކުރިން

ހުރިހާރަށަކުން

1
2