17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ވާހަކަފުޅުތައް: ގޮވަނީ އަތަށް، ޖަހަނީ ހަޖޫ!

 • މެނިފެސްޓޯ ޖަލްސާގެ ހަމައެކަނި ސަޕްރައިޒްއަކީ އަލްހާން
 • ވާދަކުރައްވަނީ އިބޫއާ ކަން ރައީސް ޔާމީނު ވެސް ހަނދުމަފުޅެއް ނެތް
 • ކުފުރުގެ ބަސްތައް ރައީސް ވިދާޅުވި
އަލީ ޔޫސުފް | AliYooosuf

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 20:21 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޕީޕީއެމްގެ -- ފޮޓޯ: ރާއްޖެ އެމްވީ

މާ ވަރުގަދަ ސަޕްރައިޒްއަކާ އެކު ބިޔަ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނުކޮށް ޕީޕީއެމް އިން ހުކުރު ދުވަހުގެ ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ. ބޮޑަށް ބެލެވިފައި އޮތީ ޖަލްސާގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގަންނަވާ ވައުދުތަކާ އެކު ސަޕްރައިޒް މެނިފެސްޓޯއެއް އިއުލާނުކުރާނެ ކަމަށެވެ. ފުދޭ ވަރެއްގެ ބޮޑު ޖަލްސާއެކެވެ. ނަމަވެސް އަޑު އެރުވިގޮތާ ހިލާފަށް ޖަލްސާ ނިމިގެން ދިޔައީ ވެސް އެ ބުނާ ސަޕްރައިޒެއް ނޭނގިއެވެ. އިރުއިރުކޮޅާ އިވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ނަންފުޅެވެ.

ޕީޕީއެމްގެ ބިޔަ ޖަލްސާއަކީ ރައީސް މެނިފެސްޓޯ އިއުލާނުކުރަން ބާއްވާ ޖަލްސާއެއް ކަމަށް ހީވިޔަސް ރައީސް ޔާމީނާއި އަދި ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުންގެ ވާހަކައިގައި ވެސް ކުރިއަށް އޮތް ދައުރުގައި ޕީޕީއެމްގެ ސަރުކާރަކުން ކޮށްދޭނެ ކަމެއްގެ ވާހަކައެއް އަޑެއް ނީވުނެވެ. ނުވަތަ ދިވެހިން އިންތިޒާރުގައި ތިވި އުންމީދީ ވާހަކައެއް ވެސް ނީވުނެވެ. ރައީސްގެ ގަޑިއެއްހާ އިރު ވާހަކަފުޅުން ވެސް އެ މަނިކުފާނުވީ އިތުރަށް ފަޟީހަތެވެ. މުޅި ޖަލްސާ ވެގެން ދިޔައީ އިސްލާމް ދީނަށް ހަޖޫ ޖެހުމާއި "އިލާހަކު ނުވާ ކަމަށް" ވިދާޅުވުން ފަދަ ކުފުރުގެ ބަސްތައް އިވިގެން ދިޔަ ޖަލްސާއަކަށެވެ. "ބްރިޖު ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއް ނަމްބަރަކީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވާނަމަ އައްތަހިޔާތުގައި "أشهدُ أنْ لا إلهَ  (އިލާހަކު ނުވާ ކަމަށް އަޅުހެކިވަން) ކިޔަނީ އެއް އިނގިލި ތަޅުވަމުން ކަމަށާއި ދެ އިނގިލި ތަޅުވާނެ ކަމެއް ނެތް" ކަމަށެވެ.

ކުފުރު ބަސްތަކުގެ އިތުރުން "إن شاء الله" ގެ ނަމުގައި ލަވައެއް ރިލީޒްކޮށްފައިވާ އިރު މިއުޒިކާ އެކު އިވެމުން ދިޔަ އެ ލަވަޔަށް ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ގެންދެވީ އަތްޖައްސަވަމުންނެވެ. ޝެއިޚް ޝަހީމަކީ އިސްލާމް ދީން ހިމާޔަތްކުރެއްވުމުގެ ނަމުގައި ރައީސް ޔާމީން ކަނޑައެޅުއްވި ރަނިންގ މޭޓެކެވެ. މިއުޒިކާ މެދު ޝެއިޚް ޝަހީމުމެން ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ކޮންމެހެން މިފަދަ ރިޕޯޓެއްގައި ފާހަގަ ނުކުރިޔަސް ވިސްނޭނެއެވެ.

ހަޖޫ ޖެހުން ފަދަ އެތައް ކަމެއް ފެނިގެން ދިޔަ މި ޖަލްސާގައި ދެން ރައީސް އެންމެ ބޮޑަށް ސަމާލުކަން ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވުމަށެވެ. ވާހަކަފުޅުގެ ބޮޑު ބައި ހޭދަވީ އެކަމުގައެވެ. މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކީ އިބްރާހީމް މުހައްމަދު ސޯލިހް ކަން ވެސް ރައީސް ޔާމީނު ހަނދުމަފުޅު ނެތް ކަހަލައެވެ. އެހާ ދިގުކޮށް ވާހަކަ ދެއްކެވި އިރު ވެސް އިބޫ އަށާއި ރަނިންގ މޭޓް ފައިސަލް ނަސީމަށް ރައްދެއް ދެއްވަން ނުވަތަ އެ ބޭފުޅުން އިއުލާނުކުރައްވާފައިވާ ސިޔާސަތުތަކަށް ފާޑެއް ވިދާޅުވާން ވެސް ހަނދުމަފުޅެއް ނެތެވެ. ފަންހާ މަހެއް ފަދައިން ރުޅި ކޯފާވެ ހުންނަވައި ކުފުރުވުން ފަދަ ހާލަތެއްގައި ސްޓޭޖުން ފައިބައިވަޑައިގެންނެވީ ރަތްމަހަކަށް ނުގޮވާ ވަރަށް ރައީސް ނަޝީދަށާއި ގާސިމަށް އެއްޗެހި ގޮވާފައެވެ.

ބޮޑު ސަޕްރައިޒެއް އޮންނާނެ ކަމަށް އިއުލާނުކުރި މާ ބިޔަ ޖަލްސާ ނިމިގެން ދިޔަ އިރު އެ ބުނާ ސަޕްރައިޒެއް ނުފެނުނެވެ. ފެނުނީ ރާއްޖޭގެ ބޮޑެތި ގިނަ ޕާޓީތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި "ކުރީގެ" ސިޔާސީ ބޭފުޅެއް ކަމަށްވާ އަލްހާން ފަހުމީ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި "ސަޕްރައިޒް" އެކަންޏެވެ. ތަންކޮޅެއް ކުރިން ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފަހުން އެ ދާއިރާ އިން ލަދުގަންނަ ފަދަ ނަތީޖާއަކާ ކުތިމަލައްވަން ޖެހިވަޑައިގެންނެވި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޔާސީ މައިދާނަށް ނެރެދެއްވި އަލްހާން ޕީޕީއެމް އާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ޑީއާރުޕީގެ އިތުރުން އެމްޑީޕީ އާއި ޖޭޕީގައި ވެސް މަސައްކަތްކުރައްވާފައެވެ.

ކޮންމެއަކަސް ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކުގައި ވެސް މިފަދަ އެތައް "ޅަ އެއްޗެއް" އަޅުއްވަމުން ގެންދަވާ އިރު އެއިން ކޮންމެ ވާހަކަފުޅަކާ އެކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދެއެވެ.

ގިނަ ބަޔަކު އެ ވާހަކަތަކަށް ހަޖޫ ޖަހަމުންދާ އިރު ޕީޕީއެމްގެ "ބްރިޖް ސަޅި" ޖަލްސާގައި އެ މަނިކުފާނު ދެއްކެވި "ސަޅި" ވާހަކަފުޅު މި ވަނީ ވައިގައި ހިފާފައެވެ. އަދި ގިނަ ބަޔަކު ދަނީ އެ ވާހަކަފުޅުތަކަށް ހަޖޫ ޖަހަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް