21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއާއި ދިމާކޮށް ބުރިޖުގެ ބަހުގެ ޚިދުމަތް މެދުކަނޑާލައިފި

  • މިއަދު ހަވީރު 4:00 އިން މިރޭ 12:00އާ ހަމައަށް ބަހުގެ ޚިދުމަތް ނުލިބޭނެ މައުލޫމަތު ލިބޭ
އަމްނާ އިމާދު | @amnabinthimad

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 17:53 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ބުރިޖުގެ މަތިން ބަހެއް ދަތުރުކުރަނީ -- ފޮޓޯ: އަޝްވާ ފަހީމް

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއާއި ދިމާކޮށް ހުޅުމާލެ-މާލެ ބުރިޖުގެ ބަހުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ބަހުގެ ޚިދުމަތްދޭ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮފިޝަލެއް ވިދާޅުވީ ބަހުގެ ޚިދުމަތް ރަސްމީކޮށް ނުފަށާ ކަމަށާއި، ހުކުރު ދުވަހު ބަހުގެ ޚިދުމަތް ދިނީ އާންމުކޮށް ބުރިޖު ހުޅުވާލި ފުރަތަމަ ދުވަހަށްވީމަ ކަމަށެވެ.

"އަސްލު ރަސްމިއްޔާތަކަށްފަހު ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި އޮތީ. އިއްޔެ ބަހުގެ ޚިދުމަތް ދިނީ ފުރަތަމަ ދުވަސްވީމަ. އެއީ ރަސްމީކޮށް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

ބަހުގެ ޑްރައިވަރުން މައުލޫމާތުދޭ ގޮތުގައި މިއަދު ހަވީރު 4:00 އިން މިރޭ 12:00 އާހަމައަށް ބަހުގެ ޚިދުމަތް ނުލިބޭނެއެވެ. 

ކޯލިޝަންގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާއިފައިވާއިރު ޕީޕީއެމްގެ ޖަލްސާ ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އަދި މިޖަލްސާއަށް ހުޅުމާލެއިން މާލެއަށް އާންމުންގެ ގިނަ ބަޔަކު ބަހުގައި ވަނީ ގެނެސްދީފައެވެ.

އެމްޕީއެލުން ބަހުގެ ޚިދުމަތް ދިނުމަށް މާލެއަށް މިހާރު ނުވަ ބަސް ގެނެސްފައިވާއިރު، ބަހުގެ ދަތުރުގެ އަގުތަކާއި ޝެޑިއުލް އިއުލާން ކުރާނީ ރަސްމީކޮށް ދަތުރުތައް ފަށާ އިރުއެވެ. ޖުމްލަ 22 ބަސްމާލެ ގެނެއުމަށް ނިންމާފައެވެ.

ބަހުގެ ޚިދުމަތް މެދުކަނޑާލުމުގެ އިތުރުން ހަތަރު ފުރޮޅުލީ ވެހިކަލްތައްވެސް އެގަޑިތަކުގައި ދުއްވުން ވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބަލަބަލަ

2 ހަފްތާކުރިން

ދޮގު ޚަބަރު ނުފަތުރަބަލަ. ރައްޔިތުން ތިބީ ހޭލައޭ. ފިތުނަ ބެރިންނޭ

6
10