22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ޔުނައިޓެޑް ވިކްޓަރީ

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

  • މާލީ ގޮތުން ގޮންޖެހުންތަކެއް ހުރި
  • އަމާޒަކީ މިދިއަ އަހަރުގެ މަޤާމު ދިފާޢުކުރުން
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 30 ޖެނުއަރީ 2017 | ހޯމަ 19:28 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


މިދިއަ ސީޒަންގެ މެޗަކަށް ނުކުތުމުގެ ކުރިން ޔޫވީގެ ކުޅުންތެރިން ވޯމްއަޕްކުރަނީ ފޮޓޯއަކަށް ހުއްޓިގެން:_ފޮޓޯ ޔޫވީ -- ގޫގުލް

ރާއްޖޭގެ ބޮޑެތި ކްލަބުތައް ފަހަތަށް ޖައްސާލުމަށް ފަހު ނިމިގެންދިޔަ އުރީދޫ ދިވެހި ޕްރެމިއަރލީގުގެ ހަތަރު ވަނަ ހޯދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ފަރިތަކުކުރުންތައް ހޯމަ ދުވަހު (މިއަދު) ފަށާނެ ކަމަށް އެކުލަބުން ބުނެފިއެވެ.

 

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޔޫވީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޝަފީޢު (އިއްސެ) ބުނީ މިފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސް ފެށުން ލަސްވީ މާލީ ގޮތުންނާއި އެނޫން ވެސް ސަބަބުތަކެއް ދިމާވުމުން ކަމަށެވެ.

 

ޔޫވީގެ ފަރިތަކުރުންތައް ފަށާއިރު، އެޓީމާއި ގުޅުމަށް ބޭނުންވާ ކުޅުންތެރިންނަށް ޓްރައިލްއެއް ބާއްވާނެ ކަމަށް އިއްސެ ބުންޏެވެ. އާކުޅުންތެރިންނަށް ފުރުސަތު ހުޅުވާލާފައި ވިޔަސް އާސީޒަނަށް ޓީމް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އިއްސެ ބުންޏެވެ.

 

އެގޮތުން ކިރިގިސްތާން ގައުމީ ޓީމްގެ ކުރީގެ ކީޕަރެއް ކަމަށްވާ ރުސްލާން އަމެރޯވް އާ އެނޫންވެސް ބިދޭސީ އިތުރު ކުޅުންތެރިން ފެނިގެންދާނެ ކަމަށް އިއްސެ ބުނެއެވެ.

 

މީގެ އިތުރުން މިދިއަ ސީޒަނުގައި ޔޫވީއަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ކްލަބު ދޫކޮށް ގޮސްފައިވަނީ އެންމެ 2 ކުޅުންތެރިން ކަމަށް އެކުލަބުން ބުނެއެވެ.

 

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫވީ ފިޔަވައި އެހެން ޓީމުތަކުން މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

 

ޔޫވީން ފަރިތަކުރުންތައް މިއަދު ފަށާއިރު، ކޯޗެއްގެ ގޮތުގައި އެކްލަބާއެކު މަސައްކަތްކުރަނީ މިދިއަ ސީޒަންގައި ވެސް އެކްލަބަށް ކޯޗުކޮށްދިން އަހުމަދު އާތިފް (އާތީ)އެވެ.

 

މުޅިން އަލަށް ފުރަތަމަ ޑިވިޒަނަށް ކޮލިފައިވި ޔޫވީން ވަނީ އުރީދޫ ދިވެހި ލީގުގައި ރާއްޖޭގެ ބޯޑެތި ކްލަބުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވެލެންސިއާ އަދި ވިކްޓްރީ ފަހަތަށް ޖައްސާލުމަށް ފަހު ލީގުގެ ހަތަރުވަނަ ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް