22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރާއްޖެޓީވީ އަބުރުފުޅު ފަންޑު

ޓީމް ގެ ފަރާތުން ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް އެހީވެއްޖެ

  • ރާއްޖެ ޓީވީގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތަށް ވަނީ ޝުކުރު އަދާކޮށްފައި
  • މިނިވަން މީޑިއާއެއް ނެތުމުން ގެއްލުމެއްވާ އެއްފަރާތަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 15:04 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ޓީމްގެ ޖެނެރަލް ސެކްރެޓެރީ މައުރޫފް ޒާކިރު -- ރާއްޖެއެމްވީ

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން އެޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ރާއްޖެޓީވީން ހުޅުވި އަބުރުފުޅު ފަންޑަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުން އެހީތެރި ވެއްޖެ އެވެ.

ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިވެ ދެއްވުމަށްފަހު ޓީމްގެ ޖެނެރަލް ސެކްރެޓެރީ މައުރޫފް ޒާކިރު ވިދާޅުވީ މިނިވަން މީޑިއާއެއް ނެތުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވާ އެއްފަރާތަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކަމަށެވެ. ރަށާއި، އާއިލާ އާއި ދުރުގައި ތިބޭއިރު އެމުވައްޒަފުންނަށް ޚަބަރެއް ލިބެނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ.

މައުރޫފް ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް މިހާތަނަށް ރާއްޖޭގައި ހުރި މީޑިއާތަކަށް ބަލާއިރު އެންމެ ބޮޑު އެހީތެރިކަމެއް އަދި ފުރުސަތެއްވެސް ހަމައެކަނި ލިބެނީ ރާއްޖެ ޓީވީން ކަމަށާއި އެހެންކަމުން ރާއްޖެ ޓީވީއަށް މިފަދަ ނިކަމެތިކަމެއް ދިމާވުމުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން (ޓީމް) ގެ ފަރާތުން އެހީތެރިވެދެއްވީ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެޓީވީއާއި އެކު ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ތިބިކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ރާއްޖެޓީވީގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓީމްގެ ފަރާތުން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ވެދިން އެހީތެރިކަމަށްޓަކައި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ރާއްޖެޓީވީ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 ފިޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މައި ދާއިރާއަކީ ޓުއަރިޒަމް ދާއިރާކަމަށާއި އެހެން ކަމުން އެދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.

ޚާއްސަކޮށް އެއީ ކޮންމެ ދާއިރާއެއް ކަމަށް ވިޔަސް އެދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް އިސްކަން ދޭކަމަށާއި ޓުއަރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންގެ ފަރާތުން ވެސް ދެއްވި އެހީތެރިކަމަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް ދިރި ދުނިޔޭގައި އޮތުމަށް ދެއްވި އެހީތެރިކަމެއް ކަމަށެވެ.

އަދި އެބޭފުޅުންގެ އުއްމީދު ހާސިލް ކުރުމަށްޓަކައި ރާއްޖެޓީވީގެ ހައިސިއްޔަތުން އެއްވެސް ޖެހިލުމެއްނެތި ބިރުވެރިކަމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް