26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ގާސިމް އިބްރާހިމް

އެއާޕޯޓް އަތުލުމާ ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ ބޮޑު ދޮގެއް: ގާސިމް

  • ގާސިމް ވިދާޅުވަނީ އެއާޕޯޓް އަތުލުމުގެ ބައްދަލުވުން ނުފެށެނީސް ރައީސް ޔާމީން ވަޑައިގެންނެވި ކަމަށް
  • ރައީސް ޔާމީން ވިދާޅުވަނީ އެއާޕޯޓް ނެގުމަށް ތާއީދުކުރީ ހަމައެކަނި ޕީޕީއެމް ކަމަށް
  • ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަންޖެހުނު
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 14:39 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ގާސިމް ވިދާޅުވަނީ ޖީއެމްއާރު މައްސަލައިގައި ރައީސް ހެއްދެވީ ބޮޑު ދޮގެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝަރުހާން

ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރު އަތުން އަތުލުމާ ގުޅޭ ގޮތުން ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ހެއްދެވީ "ބޮޑު ދޮގެއް" ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމަށް ތާއީދުކުރީ ހަމައެކަނި ޕީޕީއެމް ފިކުރުގައި ތިބި މެންބަރުން ކަމަށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ތާއީދު ނުކުރައްވާ ކަމަށް ގާސިމާއި، ޑީއާރުޕީގެ އެއިރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޖީއެމްރު އަތުން އެއާޕޯޓް އަތުލުމުގެ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އެ ބައްދަލުމުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތައް ބައިވެރިވެފައި ވެއެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން ނުފެށެނީސް ރައީސް ޔާމީން ނުކުމެވަޑައިގަތް ކަމަށެވެ.

ގާސިމް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ސަރުކާރުން ނިންމީ، ރައީސް ވަހީދާއި، އިމްރާނާއި، ތަސްމީނާއި، އޭނާ ވެސް ތިއްބަވައިގެން ކަމަށެވެ.

ގާސިމްގެ ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖީއެމްއާރާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުން ރައީސް ޔާމީން ނުކުމެވަޑައިގަތީ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށާއި، އެ ނޫން އެއްވެސް ގޮތެއް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެ ކަމަށެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ޖީއެމްއާރާ ގުޅޭ ގޮތުން ގޮތެއް ނިންމަން ބޭއްވި ޖަލްސާ އިން ރައީސް އަބްދުﷲ ޔާމީން ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވެ، ގާސިމް އިބްރާހީމް ދެއްކެވީ ދޮގު ވާހަކައެއް ކަމަށް މުއާޒްގެ ޓްވީޓްގައިވެއެވެ.

އެއާޕޯޓް އަތުލުމަށް ނިންމައި އެކަން އިއުލާނުކުރަމުން އޭރުގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްބަސްވުމެއް ކަމަށެވެ.

އެއާޕޯޓް އަތުލައިގެން ދައުލަތުން ދައްކަން ޖެހޭނެ އެންމެ ލޯ ލާރިއެއް ވެސް ނޯންނާނެ ކަމަށް ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި މައްސަލާގައި ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަންޖެހުނެވެ. އެފައިސާ ދައްކާފައި ވަނީ ނޮވެމްބަރު 2016 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް