20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ސިނަމާލެ ބްރިޖް

ސިނަމާލެ ބުރިޖުން ހިނގާފައިދާ މީހުންނަށް ހުޅުމާލެ ނުދެވޭނެ: ހައުސިން މިނިސްޓްރީ

  • ހުޅުލެއިން ހުޅުމާލެއަށް ދަ މަގު ހަދާ ނުނިމޭ
އަމްނާ އިމާދު | @amnabinthimad

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 14:37 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ހުޅުމާލެއަށް ދިއުމަށް ހަދާފައިވާ މަގުގެ ޕޭމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ -- ރާއްޖެއެމްވީ

ސިނަމާލެ ބުރިޖުން ހިނގާފައިދާ މީހުންނަށް ހުޅުމާލެ ނުދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމިފައިވާކަމަށް ބުނެ އާންމުންނަށް ހުޅުވާފައިވާއިރު ހުޅުލެއިން ހުޅުމާލެއަށް ދާ މަގު ވެސް ހަދާ ނުނިމެއެވެ. އެމަގުގެ ޕޭމަންޓު ހެދުމުގެ މަސައްކަތް ކުރާއިރު އެސަރަހައްދުގައި ލައިޓް ވެސް ހަރުކޮށްފައިނެތެވެ. 

ބުރިޖުން ހިނގާފައި ހުޅުމާލެއަށް ނުދެވޭތީ އާންމުންގެ ޝަކުވާއާ ގުޅިގެން ރާއްޖެއެމްވީ ދެންނެވި ސުވާލަށް ހައުސިން މިނިސްޓްރީގެ ތަރުޖަމާން އަހުމަދު ފަޒާލް ވިދާޅުވީ މާލެއިން ހިނގާފައި ދެވޭނީ ހުޅުލެ ގުޅޭ ހިސާބަށް ކަމަށާއި، މީގެ ކުރިން ވެސް ހަމަޖައްސާފައި އޮތީ އެގޮތަށް ކަމަށެވެ.

އެއާޕޯޓުގެ ރަންވޭ ކުރިމަތި މަގަށްވާތީ އެގަމުން ހިނގާފައި ހުޅުމާލެ ދިއުމަށް ހުއްދަ ނުދެނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. 

ބުރިޖްގެ ދެފަރާތުގައި ފެންސް ޖަހާފައިވާ ދެ ލޭން ބޭނުން ކުރާނީ ހިނގާ މީހުންނާއި ދުވާމީހުންނެވެ. އަދި ހިނގާ މީހުންނާއި ދުވާމީހުން ފެންސްގެ އެތެރޭގެ ދެ ލޭން ބޭނުންކުރުމަކީ މަނާ ކަމެކެވެ. ފެންސްގެ އެތެރޭގެ އެންމެ ބޭރު ދެ ލޭން ދެފުރޮޅުވީ އުޅަނދު ފަހަރަށާއި ޕަބްލިކް ބަހަށް ހާއްސަކޮށްފައިވާއިރު ބުރިޖުގެ މެދުގެ ދެ ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ބަސް ފިޔަވައި ދެ ފުރޮޅުލީ އުޅަނދު ފަހަރަށެވެ. އަދި އެ ލޭންގައި ދަތުރުކުރާ ވެހިކަލްތައް ކަނޑައެޅިފައިވާ ލޭން ފިޔަވާ އެހެން ލޭންތަކަށް އޯވަޓޭކް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ބުރިޖުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދުކަމަށްވާއިރު ސައިކަލު ތަކުގައި އަމިއްލައަށް އިށީނދެ ނީންދެވޭ ވަރުގެ ކުޑަކުދިން އަރުވައިގެން ބުރިޖުގައި ދުއްވުމަކީ މަނާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް