12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

ރީ-ރަޖިސްޓްރޭޝަން ލިސްޓަށް 78 ޝަކުވާ ހުށަހެޅުނު: އީސީ

  • ރިޖެކްޓް ކުރި 5000 ފޯމު ވަނީ ހުށަހެޅިފައި
  • 78964 މީހުން ރީ-ރަޖިސްޓަރ ކުރެވިފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 14:32 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ބާޖަމާލުއްދީންގައި ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރީ-ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާގެ ގޮތުގައި ހުށަހެޅިފައި ވަނީ 78 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ރީރަޖިސްޓްރޭޝަނަށް ހުޅުވައިލި މުއްދަތުގައި ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ނުވަ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ރިޖެކްޓްކުރީމެއްނޫންތޯ 5626 ފޯމު. އެ ފޯމުތައް ވެސް އައި. އެއީ ޝަކުވާގެ ގޮތުގައި އަޅުގަނޑުމެން ކައުންޓެއް ނުކުރަން. ޝަކުވާގެ ގޮތުގައި ބަލަނީ ރަޖިސްޓަރ ކުރެވިފައިވާ ތަން ނޫން އެހެންތަނެއް ފިޔަވާ ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް،" ޝަރީފު ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި 95639 ފޯމު ހުށަހަޅާފައިވާ އިރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރަޖިސްޓްރީކޮށްފައި ވަނީ 78964 މީހުން ކަމަށް އެކޮމިޝަނުން ބުނެފައެވެ.

އިންތިހާބުގައި 472 ވޯޓު ފޮށި ބެހެއްޓިގެންދާނެއެވެ. އެގޮތުން މާލެ ސިޓީގައި 122 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގެ ރައްޔިތުންނަށް 55 ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 67 ފޮށި މާލޭގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް