22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ހޮކައިޑޯ ބިންހެލުން

ޖަޕާނުގެ ހޮކައިޑޯއަށްއައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފި

  • ހޮކައިޑޯ އައިލެންޑްގެ 772،000 އެއްހާ ގެއަކަށް އަދިވެސްވަނީ ކަރަންޓު ނުލިބި
  • ބިންހެލުން އައިސްފައިވަނީ 6.6 މެގްނިޓިއުޑްގައި
އަބުދުﷲ މުހައްމަދު | 8Abbo

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 13:51 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


ހޮކައިޑޯ ސަރަހައްދަށް 6.6 މެގްނިޓިއުޑްގައި އައި ބިންހެލުމަށްފަހުވެސް ގުޑުންތައް އައިސްފައިވޭ -- ރޮއިޓަރސް

ޖަޕާނުގެ އުތުރުގެ ހޮކައިޑޯ ސަރަހައްދަށް 6.6 މެގްނިޓިއުޑްގައި ބުރާސްފަތި ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ބިންގަޑު ކަނޑައިގެން ގޮސް ގެތައް ވެއްޓި، މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުންދަނީ ކިސަޑުގެ ދަށުގައިވާ މީހުން ސަލާމަތްކުރުމަށް ސްނިފަރ ޑޯގްސް އަދި ބުލްޑޯޒަރ ބޭނުންކުރަމުންނެވެ.

އުތުރުގެ ޓައުނެއްކަމަށްވާ އަޓްސޫމާއިން އަދިވެސް 20 އަކަށް މީހުންވަނީ ނުފެނިއެވެ.

ބިންހެލުން އައި ހޮކައިޑޯ އައިލެންޑްގެ 772،000 އެއްހާ ގެއަކަށް އަދިވެސްވަނީ ކަރަންޓު ނުލިބިއެވެ. އެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދޭ ތަރމަލް ޕްލާންޓްވަނީ ބިންހެލުމުގައި ހަލާކުވެފައެވެ.

އިންޑަސްޓްރީ މިނިސްޓަރ ހިރޮޝީގޭ ސީކޯ ވިދާޅުވީ އާދީއްތަ ދުވަހުގެ ކުރިން ހުރިހާ ގެއަކަށް ކަރަންޓް ދެވެން ވާނެކަމަށެވެ.

ނަމަވެސް ކަރަންޓް ބޭނުންވާ ވަރަށްވުރެ މަދުން އުފެއްދޭތީ ކަރަންޓު ބޭނުންކުރުމުގައި އިގްތިސާދު ކުރުމަށް ރައްޔިތުންނަށްވަނީ އިލްތިމާސްކޮށްފައެވެ. ފިހާރަތަކާއި ރެސްޓޯރަންޓްތަކުގެ ދިއްލުންތައް މަދުކޮށް އަދި ގެތަކުގައިވެސް އާއިލާތައް އެއް ކޮޓަރިއެއްގައި ތިބުންފަދަ ކަންކަންކޮށްގެން  ކަރަންޓް އިގްތިސާދުކުރުމަށްވަނީ އެދިވަޑައިގެންފައެވެ.

ފުރަތަމަ އައި ބިންހެލުމަށް ފަހު 5.3 މެގްނިޓިއުޑްގެ ކުދި ގުޑުންތައް އައިސްފައި ވެއެވެ. އަދި މުޅި ރޭ އެކީ އެފަދަ އެތައް ކުދި ގުޑުންތައް އައިސްފައި ވެއެވެ.

ސަރަހައްދީ ވެރިރަށް ސަޕޯރޯގެ އިރުދެކުނުން 62 ކިލޯމީޓަރުގެ ދުރުމިނަށް ބިމުގެ ވަރަށް ތިލައިން އައިސްފައިވާ ބިންހެލުމެއް ނަމަވެސް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް