25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ވޯޓު ގުނާނީ ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު: ޝަރީފު

  • އެއީ އެއްވެސް އިންތިހާބެއްގައި އަމަލު ކުރި ގޮތެއް ނޫން
  • ސައްހަ ކުރަން އާލާތްތަކެއް ވެސް ބޭނުންކުރޭ
  • ސައްހަ ނޫން ކަރުދާސް މިދިޔަ ފަހަރު ބޭނުންކުރި ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 13:42 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތަކުގެ ވޯޓު ގުނާނީ ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގައި ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝަރީފު ވިދާޅުވީ ވޯޓު ގުނާނީ ވޯޓު ފޮށިން ނަގާ، ވޯޓު ކަރުދާސް ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށާއި އެކަން ކަށަވަރު ކުރުމަށް ސެކިއުރިޓީ ފީޗާސްތަކެއް ވޯޓު ކަރުދާހުގައި ހިމަނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކާ އިތުރު ވަސީލަތްތަކެއް ބޭނުންވާނަމަ، ވޯޓުލާ މަރުކަޒުތަކަށް އެފަދަ އާލާތްތައް ފޮނުވާނެ ކަމަށެވެ. އެއީ ކޮންކަލަ އާލާތްތަކެއްތޯ ސުވާލު ކުރުމުން، ޝަރީފު އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ.

"މިފަހަރު އަޅުގަނޑުމެންގެ ހިންތިހާބުގައި އެއްވެސް ވޯޓު ކަރުދާހެއް ނުގުނާނަން އޭގެ ސައްހަކަން ކަށަވަރުކޮށްފަ ނޫނީ. އޭގެ މާނައަކީ ކޮންމެ ވޯޓު ކަރުދާހެއްގެ ވެސް ސައްހަކަން ކަށަވަރުކޮށްފަ، ކައުންޓް ކުރާނީ. އެހެންވީމަ ވަރަށް ފަސޭހައިން އެތޭ ތިބޭ އޮފިޝަލުންނަށް އެ ވޯޓު ކަރުދާހުގެ ސައްހަކަން، ކަށަވަރު ކުރެވޭ ކަހަލަ ފިޗާސްތަކެއް އަޅުގަނޑުމެން ލާފަ ހުންނާނީ. އަދި އޭގެ އިތުރަށް އޭގެ ސައްހަކަން ކަށަވަރު ކުރާނެ، އެހެން އާލަތެއް ބޭނުންވާ ކަމުގައި ވަންޏާމު، އެފަދަ އާލާތެއް ވެސް، ނުވަތަ ވަސީލަތެއް ވެސް މިފަހަރު އިދާރީ ތަކެތި ތެރޭގައި ހިމަނާފައި ބަހައްޓާނަން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، ވޯޓު ގުނުމަށް ނިންމީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބުނު ޝަކުވާތަކާއި ސައްހަ ނޫން ވޯޓު ކަރުދާސް މިދިޔަ އިންތިހާބުގައި ވޯޓު ފޮށިތަކުން ފެނުނު ކަމަށް ރިޕޯޓުތަކުގައި ހުރުމުން ކަމަށެވެ.

"ޔަގީންކަމާއެކު އަޅުގަނޑުމެންނަށް ދަންނަވަން ކެރޭނެ، 2013ގެ ކޮންމެ ވެސް ވަރަކަށް އަޅުގަނޑުމެންަނށް ޝަކުވާތަކާއި ބެލިބެލުމުން، ސައްހަ ނޫން ވޯޓު ކަރުދާސްތަކެއް، ބައެއް ވޯޓު ފޮށިތަކުގައި ހުރިކަން ރިޕޯޓުތަކުން ފެންނަން އެބަހުރި. ނަމަވެސް މިފަހަރު އަޅުގަނޑުމެން ޔަގީންކަން ދޭނަން، އެ ހުރިކަމުގައި ވިޔަސް އަޅުގަނޑުމެން ސައްހަ ނޫން ކަރުދާޙެއް ކައުންޓެއް ނުކުރާނަން މިފަހަރަކު،" ޝަރީފު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޑިޒައިންކޮށް ނިންމާފައިވާ ކަމަށާއި އެ ކަރުދާސް ޕްރިންޓް ކުރަން އަންނަ ހަފްތާގައި ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.

ވޯޓު ގުނަން ފަށާނީ ވޯޓު ކަރުދާސް ސައްހަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ޝަރީފު ވިދާޅުވިއިރު، ވޯޓުލާއިރު ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރާނެ ކަމެއް ޝަރީފު ވިދާޅެއް ނުވެއެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ސައްހަ ނޫން ވޯޓު ކަރުދާސް ބޭނުންކުރި ކަމެއް ފާހަގަވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސީނުކަރަ

8 މަސް ކުރިން

ވަރަށް ފަސޭހަ ވާނެ ދެނެގަންނަން. އިބޫއާ ދިމާލުގަ ފާހަގަ އޮތިއްޔާ ސައްހައެއް ނުވާނެ މިވެރިންނަކަށް.

1
0
ފޮޓޯކޮޕީތަ؟

8 މަސް ކުރިން

ފޮޓޯކޮޕީތަ؟

1
0