21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ރިޔާސީ އިންތިޚާބު 2018

މާމެންދޫގައި ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރެއްވި ތަނުން ކައުންސިލް މެންބަރުން ބޭރުކޮށްފި

  • ކައުންސިލުން ވަނީ ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައި
  • ބައްދަލުވުމުން ބޭރުކޮށްލި ވަކި ސަބަބެއް ނުބުނޭ
އަމްނާ އިމާދު | @amnabinthimad

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 13:16 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


މާމެންދޫ އެމްޑީޕީގެ ތިން ކައުންސިލަރުން -- ރާއްޖެއެމްވީ

ލ. މާމެންދޫގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުން ކައުންސިލްގެ މެންބަރުން ބޭރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫގެ ކައުންސިލްގެ ނާއިބު ރައީސް ހުސެއިން ހަބީބު ވިދާޅުވީ ރައީސް ޔާމިން އެރަށަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ހަބީބުގެ އިތުރުން ދެ ކައުންސިލަރުން ވެސް ބަނދަރު މައްޗަށް ވަޑައިގެންނެވީ ހެޔޮ ހިތުން ކަމަށާއި އެއީ މިވަގުތު މިގައުމުގެ ރައީސް ކަމަށް ވާތީ ކަމަށެވެ.

ހަބީބު ވިދާޅުވީ ރައީސް ޔާމީނާ ސަލާމްކުރެއްވި ކަމަށާއި، އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލުން ބައިވެރިވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރެއްވި ތަނަށް ކައުންސިލްގެ މެންބަރުން ދިޔުމުން ބޭރުކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރުމެން ތިން މީހުން ވެސް ރައީސް ވީމަ ހެޔޮ ހިތުން ދިޔައީ ރީނދޫ ޓައި އަޅައިގެން. އެއީ ވަކި ޕާޓީއެއްގެ ރައީސްއެއް ނޫން. މިގައުމުގެ ރައީސް. އަދި އެމްޑީޕީގެ ކައުންސިލަށް ވިޔަސް އެހެން ކަންތައް ކުރުމަކީ ވަރަށް ދަށް ފެންވަރު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ބައްދަލުވުމަށް ވަދެވަދެ ތިއްބާ ނެރުނީ. ތި ބޭފުޅުނަށް ނުވަދެވޭނޭ ކިޔާފައި. ވަކި ސަބަބެއް ނުދައްކާ. ބުނީ ހަމައެކަނި ނަރުދަމާގެ ޚިދުމަތް އިފްތިހާހް ކުރުމުގެ ރަސްމިއްޔާތަށޭ ތިބޭފުޅުން ބޭނުންވީ. ރައްޔިތުންނާ ބައްދަލުކުރާ ބައްދަލުވުމަކުން ބޭރު އެކުރީ. އަޅުގަނޑުމެންނަކީ ވެސް ރައްޔިތުން ތެދެއްތޯ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވީތީ ރައްޔިތުންގެ މިބައްދަލުވުމުން ނެރުމުން ރައީސް ޔާމިންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ހަބީބު ވިދާޅުވީ ރައީސް ޔާމިނަށް ތާއިދު ނުކުރާތީ ބާކީކޮށް އެކަހެރި ކުރި ނަމަވެސް ރައީސް ޔާމިންނަށް ރައްޔިތުންގެ ތާއީދާއި ލޯބި ނުލިބޭނެ ކަމަށާއި، މިއީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި މިބައްދަލުކުރެއްވުމަކީ ރައީސް ޔާމީނަށް ތާއިދުކުރާ މަދު ފަރާތްތަކެއް އެއްކޮށްގެން ބޭއްވި ބައްދަލުވުމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކިނބޫ

4 މަސް ކުރިން

naib lolah mirus elhifa hureema ethanah ehve thibi madhu bayaku fenunee, loa fohelaafa balaali nama fenunees evve thibi meehun

5
7