19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ނުފޫޒުގެ ތެރެއިން ވޯޓު ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

  • ރައީސް ޔާމީން އެހެން ވިދާޅުވީ ޕީޕީއެމް ޖަލްސާގައި
  • އިހްލާސްތެރިކަމާ އެކުގައި އެކަން ކޮށްދިނުމަށް އެދިވަޑައިގެންނެވި
ޙުސައިން ޙަސަން | hucenhassan

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 12:30 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ހުކުރު ދުވަހުގެ ރޭ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ވަޑައިގެން، ބައެއް ބޭފުޅުންނާ ރައީސް ޔާމީން ސަލާމް ކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނުފޫޒުގެ ތެރެއިން ވޯޓު ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު އަމިއްލަފުޅަށް އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން އެގޮތަށް އެދިވަޑައިގެންފައި ވަނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބްރިޖު ސަޅި" ކެމްޕެއިން ޖަލްސާގައެވެ.

ޖަލްސާއަށް ހާޒިރުވެ ތިބި މީހުންނަށް އިލްތިމާސް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެތަނުގައި ތިއްބެވި ކޮންމެ މީހެއްގެ ވޯޓާއި އެއިން ކޮންމެ މީހަކު ނުފޫޒުގެ ތެރެއިން، ހޯދެން އޮތް ވޯޓެއް ހޯދައި ދިނުމަކީ އެމަނިކުފާނުގެ އިލްތިމާސެއް ކަމަށެވެ.

"މި މަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓަކީ މުހިއްމު ވޯޓެކޭ. ވަރަށް އިހްލާސްތެރިކަމާއެކީ ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓާއި ތިން ކޮންމެ ބޭފުޅެއް ނުފޫޒުގެ ތެރެއިން ހޯއްދެވޭނެ ވޯޓެއް ހޯއްދަވައި ދެއްވުމަކީ ވަރަށް އިހްލާސްތެރިކަމާ އެކީ އަޅުގަނޑު އެދޭ އެދުމެކޭ، ދަންނަވާ އިލްތިމާސެކޭ. މިކަން ކޮށްދެއްވާށޭ،" ރިޔާސީ އިންތިހާބަށް ދެ ހަފްތާއަށްވެފައި ވަނިކޮށް، ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިކޮށް، ތާއިދު ދެއްކުމުގެ ގޮތުން އެ މުވައްޒަފުން ބޭނުންކޮށްގެން ޕީޕީއެމުން ކެމްޕެއިން ހަރަކާތްތައް ހިންގަމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް