23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިޚާބު 2018

ފައިނަލް ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

  • ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ބުދަ ދުވަހާ ހަމައަށް
  • ޗެކްކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްދާނެ
  • ދެ ކެންޑިޑޭޓުންގެ ފަރާތުން 25 މަންދޫބުން ބައިވެރިވާނެ
އަހުމަދު ފައިރޫޒު އަދި ފާތިމަތު ޝަނާ މުހައްމަދު | Ahmed_Fairoox

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 11:39 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އިލެކްޝަންސް ކޮމިޝަނު -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރާ ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށާއި އެކަން ދަނީ ވަރަށް "ސުމޫތުކޮށް" ކަމަށެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަރާތުން 25 މަންދޫބުންނަށް، ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރިޔާސީ ދެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް އޮންނާނީ އަންނަ ބުދަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. އަދި ބުދަ ދުވަހާ ހަމަ 24 ގަޑިރު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަނުން ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަސް ދުވަހުގެ މުއްދަތެއް ދެއްވީ، އިތުރު ވަގުތު ބޭނުންވާ ކަމަށް އެއް ކެންޑިޑޭޓަކު އެގޮތަށް އެދިވަޑައިގަތުމުންނެވެ.

ޝަރީފް ވިދާޅުވީ ދެ ކެންޑިޑޭޓުން ފޮނުއްވާ މަންދޫބުން، ރަނގަޅަށް ޗެކްކޮށް، ގެޒެޓްކުރި ވޯޓާސް ލިސްޓްތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް، ސޮއިކުރައްވާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށެވެ.

ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓް ނޫން އެހެން ލިސްޓެއް، 23 ސެޕްޓެމްބަރުގައި ވޯޓު ލާއިރު، މަރުކަޒުތަކުގައި ބޭނުންނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް