18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޝެއިހް އަލީ ޒައިދު

މަޖުބޫރުން ކުރުވޭ ކަންކަމުން ނަތީޖާ ފަހަރުގައި ގޯސްވެދާނެ: ޝެއިހް އަލީ ޒައިދު

  • އިސްލާމްދީނުގައި ބޮޑު ކާފަރަކު އިސްލާމް ދީނަށް ވެއްދުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތް
  • މުންކަރާތް ހިންގާއިރު އެކަމަށް އިންކާރު ކުރެވޭނެ ބާރު ނެތް ނަމަ އެންމެ ކުޑަމިނުން ހިތުން އެކަމަށް އިންކާރު ކުރަންޖެހޭ
އަމްނާ އިމާދު | @amnabinthimad

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 11:17 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޝެއިޚް އަލީ ޒައިދު -- ފޭސްބުކް

މަޖުބޫރުން ކުރުވޭ ކަންކަމުން ނަތީޖާ ފަހަރުގައި ގޯސްވެދާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހް އަލީ ޒައިދު މިހެން ވިދާޅުވީ ކޮން ސަބަބާކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމު ރައްޔިތުންނާއި، ސިވިލް ސާވިސްގެ މުވައްޒަފުން ޕީޕީއެމްގެ ކެންޕޭން ޖަލްސާތަކަށް ދިއުމަށާއި، އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ޔާމިންގެ ސަރުކާރުން މަޖުބޫރުކުރުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޝެއިހް އަލީ ޒައިދަކީ ސަރުކާރުން ހިންގާ ނޭއްގާނީ އަމަލުތަކަށް ފާޅުގައި ބަސް ވިދާޅުވާ ބޭފުޅެކެވެ.

ޝެއިހް އަލީ ޒައިދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ އިސްލާމްދީނުގައި ބޮޑު ކާފަރަކު އިސްލާމް ދީނަށް ވެއްދުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ބަގަރާ ސޫރަތުގެ 256 ވަނަ އާޔަތުގައި އެފަދައިން ވަހީ ކުރައްވާފައިވާ ކަމަށެވެ. އަދި މަޖުބޫރުން ކުރުވޭ ކަންކަމުން ނަތީޖާ ފަހަރުގައި ގޯސްވެދާނެ ކަމަށް ވެސް ޝެއިހް ވިދާޅުވިއެވެ.

މުންކަރާތް ހިންގާއިރު އެކަމަށް އިންކާރު ކުރެވޭނެ ބާރު ނެތް ނަމަ އެންމެ ކުޑަމިނުން ހިތުން އެކަމަށް އިންކާރު ކުރަންޖެހޭކަން ފާހަގަކުރައްވައި ޝެއިހް އަލީ ޒައިދު ވިދާޅުވީ ހިތުން ވެސް އެކަން އިންކާރު ނުކޮށް މުންކަރާތުގައި ބައިވެރިވެ އެކަމުގެ ފޯރިނެގުމަކީ ހުތުރުކަން ބޮޑު އަމަލެއް ކަމަށެވެ. މިކަހަލަ ކަންކަމުން ވިސްނާ މީހަކަށް އިބުރަތް ލިބޭނެ ކަމަށް ވެސް ޝެއިހް އަލީ ޒައިދު ވިދާޅުވިއެވެ.

އެއް ނަމްބަރަކީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވާ ނަމަ އައްތަހިޔާތުގައި أشهدُ أنْ لا إلهَ ކިޔަނީ އެއް އިނގިލި ތަޅުވަމުން ކަމަށާއި ދެ އިނގިލި ތަޅުވާނެ ކަމެއް ނެތް ކަމަށް "ބްރިޖް ސަޅި" ޖަލްސާގައި ރައީސް ޔާމިން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޝެއިހް އަލީ ޒައިދު ވިދާޅުވީ އައްތަހިޔާތުގައި އެއް އިގިނލި ތަޅުވާތާ 14 ގަރުނު ވެފައިވާ ކަމަށެވެ.

އަދި މިއީ އެއްވެސް މީހަކު އެ މީހެއްގެ ޒާތީ މަންފާއާ ގުޅުވަން ޖެހޭ ކަންކަން ނޫން ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް