24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ބޮލީވުޑް

ޝާހިދު ކަޕޫރުގެ ދަރިފުޅަށް ނަންކިޔައިފި

  • ދަރިފުޅަށް ކިޔާފައިވާ ނަމަކީ ޒައިން ކަޕޫރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 10:53 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޝާހިދު ކަޕޫރުގެ އާއިލާ -- ގޫގުލް

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރަށް ލިބުނު ފިހެން ދަރިފުޅަށް ކިޔާފައިވާ ނަން އޭނާ ހާމަކޮށްފިއެވެ.

ޝާހިދު އާއި އަންހެނުން މީރާ ރާޖް ޕުތްގެ ދަރިފުޅަށް ކިޔާފއިވަނީ ޒައިން ކަޕޫރެވެ.

ޝާހިދު އޭނާގެ ދަރިފުޅަށް ކިޔާފައިވާ ނަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހު އޭނާ ކޮށްފައިވާ ޓްވީޓެއްގައެވެ. އަދި ދަރިއަކު ލިބުމުން އޭނާ އަށް މަރުހަބާ ކީ އެންމެންނަށް ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ޒައިން ވިހާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މުމްބާއީގައި ހުންނަ ހިންދޫޖާ ހޮސްޕިޓަލުގައެވެ. ހުކުރު ދުވަހު މީރާ ހޮސްޕިޓަލުން ޑިސްޗާޖް ކުރުމުން ޝާހިދު، މީރާ، ޒައިން އަދި ދެ އަހަރުގެ އަންހެން ދަރިފުޅު މީޝާއާ އެކު ހޮސްޕިޓަލުން ނުކުންނަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ހޮސްޕިޓަލުން ޑިސްޗާޖް ކުރުމުގެ ކުރިން ވެސް ބުރާސްފަތި ދުވަހު މީޝާ ގޮވައިގެން ޝާހިދު ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އަދި އެދެމައިންނާ ބައްދަލުކުރުމަށް މީރާގެ ދައްތަ އާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރާއި އަންހެނުން ސުޕްރިޔާ ޕަތަކް ވެސް ވަނީ ބުރާސްފަތި ދުވަހު ހޮސްޕިޓަލަށް ގޮސްފައެވެ.

ޝާހިދު އާއި މީރާ ވަނީ ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެއް ޖޯޑަށް ވެފައެވެ. މި އާއިލާގެ ފޮޓޯ ވަނީ އިންޓަނެޓްގައި އެންމެ ހިނގާ އެއް ފޮޓޯއަށް ވެފައެވެ.

ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބައްޓީ ގުލް މީޓަރ ޗާލޫ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރގައި ޝޫޓިން ފަށާ އަރުޖުން ރެޑީގެ ރިމޭކިންއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް