19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ކްލަބް ވެލެންސިއާ

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

  • ތިމްޕޫ ސިޓީއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ
  • ފަހަތުގައި މަޑުކޮށްގެން ކުޅޭކަށް ނުސްވިސްނާ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 30 ޖެނުއަރީ 2017 | ހޯމަ 18:37 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


އޭއެފްސީ ކަޕްގެ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެނީ:_ފޮޓޯ ވެލެންސިއާ -- ގޫގުލް

ބޫޓާންގެ ތިމްޕޫ ސިޓީއަކީ ވަރުގަދަ ޓީމަކަށް ވުމުން، މާދަމާގެ މެޗަކީ އެއްވެސް ވަރަކަށް ފަސޭހަ ވާނެ މެޗެއް ނޫން ކަމަށާއި، އެކަމަކު ވެލެންސިއާއިން ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނެފިއެވެ.

 

އޭފްއެފްސީ ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގެ ޕްލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ހޯމަދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އިޤްބާލު ބުނީ މި މެޗުގައި ވެލެންސިއާގެ ފަރާތުން ފެނިގެންދާނީ އެޓޭކިން ގޭމެއް ކަމަށެވެ.

 

އޭފްއެފްސީ ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގެ ޕްލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ވާދަކުރުމަށް ވެލެންސީއާ އެގައުމަށް ގޮސްފައިވަނީ މިދިއަ ހޮނިހިރު ދުވަހުއެވެ.

 

މެޗާ ގުޅޭ ގޮތުން ބޫޓާންގެ ނުސްވެރިންނާ ވާހަކަ ދައްކަމުން އިޤްބާލު އިތުރަށް ބުނެފައިވަނީ އެންމެ އެކަށީގެންވާ ގޮތަކަށް ޓީމަށް ތައްޔާރުވެވިފައި ނުވާ ކަމަށެވެ.

 

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އިޤްބާލު ބުނީ ވެލެންސިއާއިން ޕްރެކްޓިސް ފަށާފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންން ނަމަވެސް މާބޮޑު ފިޓްނަސް މައްސަލަތަކެއް ނެތް ކަމަށެވެ.

 

ވޭތުވެދިޔަ އަހަރުތަކުގައި ބޫޓާނުންވަނީ މި ސަރަހައްދުގެ ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށް އިގްބާލު ބުންޏެވެ.

 

އިޤްބާލް ބުނި ގޮތުގައި ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ބޫޓާންގެ ތިމްޕޫ ސިޓީއަކީ އެވްރެޖް ޓީމެކެވެ. އެހެންކަމުން އެޓީމާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް އޭނާ ބުންޏެވެ.

 

މިވަގުތު ބޫޓާނުގެ ފިނިހޫނުމިން ހުރި ގޮތުން މޫސުމުގެ މައްސަލަ ނުކުމެދާނެ ކަމަށް އިގްބާލު ބުނެއެވެ. އަދި މިއަދު ޓީމުގެ ފަހު ޕްރެކްޓިސް އޮންނާނީ މެޗު ކުޅޭ ގަޑީގައި ކަމަށް ވުމުން އެކަމަށް ވެސް ރެޑީވެވޭނެ ކަމަށް އޭނާ ބުންޏެވެ.

 

އޭފްސީކަޕްގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން ވެލެންސީއާ އިން ކުޅޭ ކުޅޭ ދެ މެޗު، އެގްރިގޭޓް ނަތީޖާއިން މޮޅުވެއްޖެ ނަމަ އަދި ކޮލިފައިން ބުރުގެ މެޗެއް ކުޅެން ޖެހޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް