14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރައީސް ޔާމީން 2018

ފިޔަވަޅު އަޅާނެކަމުގެ ބިރު ދެއްކުމަކީ ވޯޓަށް ނުފޫޒު ފޯރުވުން: ރައީސް ޔާމީން

  • ފިޔަވަޅު އަޅާފާނެތީ ދެރަވެ ޖެހިލުންވޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 03:52 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ރައީސް ޔާމީން -- ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ވާހަކަ ދެއްކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށާއި އެއީ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަކަށް އަރައިގަތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފިޔަވަޅު އަޅާފާނެތީ ދެރަވެ ޖެހިލުންވެލައްވާ ކަމަށެވެ. އެހެން ނަމަވެސް ﷲ ގެ ތަނަވަސް ރަހުމަތަކުން މަހުރޫމެއް ނުވާނެކަމަށް ވިދާޅުވިއެވެ.

"ވޯޓާ ދިމާކޮށް މި ކަހަލަ ބިރު ދައްކައި ފިޔަވަޅު އެޅުން ފަދަ ކަންކަން ކުރަންޏާ، އެއަށް ވުރެން ބޮޑަށް ވޯޓަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެ. އެއަށް ވުރެން ބޮޑަށް މި ރައީސްގެ ނޫނިއްޔާ މި ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަކަށް އަރައިގަނެވޭނެ ގޮތެއް ވެސް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު، ޑިމޮކްރަސީގައި ރާއްޖެއިން ފަހަތަށް ފިޔަވަޅު އަޅާތީ އެމެރިކާއިން ކަންބޮޑުވާކަމަށާއި މިނިވަން އިންތިޚާބަކަށް ހުރަސް އަޅައި، ޤާނޫނުގެ ވެރިކަން ކުރުމަށް ހުރަސް އަޅާ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ވެސް ވަނީ ދީފައެވެ.

އެމެރިކާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ސިޔާސީ ހައްޔަރީން މިނިވަންކުރުމަށާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލާފައިވެއެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، އިންސާނީ އަދި އަސާސީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ގޮތް ނިންމޭނެފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މަގު ފަހިކުރުމަށް ދިވެހި ސަރުކާރަށް އެމެރިކާ ސަރުކާރުން ގޮވާލާފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު ހުކުމަކީ" މިއުޅޭ ސިޔާސީ ކުދިންކޮޅު" ކޮށްގެން އުޅޭ ކަމެއްކަމަށެވެ. ވަކި ބައެއްގެ ނަން ނުހިމަނުއްވައި ވިދާޅުވީ އެއީ ޝައްކު އޮތްކަމެއް ނޫންކަމަށެވެ.

" މިއަދު އިވިގެން މިދަނީ ފެބްރުއަރީ މަހުގެ 1 ގައި އައި ހުކުމާއެކީ ރާއްޖެއަކީ ހާދަހާ ވިޔާނުދާކޮށް ކަންތައްތައް ކުރާ ތަނެކޭ  ބުނާ އަޑު .އެއީ އެންމެ މަތީ ކޯޓުންއެކަން ކޮށްގެން އުޅެނީ މިއުޅޭ ސިޔާސަ ކުދިންކޮޅުކަމަށް އަދި އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަމަށް " ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ  ރައްޔިތުންނަށް ވައުދުތަކެއްވެ، އެ ވައުދު ފުއްދާނެ ފަދަ ވެރިކަމެއް ކުރުމުގެ އުރަތްޕެއް އިދިކޮޅު ފަރާތްތަކުގައި ނެތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް