24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިޔާސީ އިންތިހާބު 2018

ނުކުމެމިތިބީ ފުލުހުންގެ ޔުނީފޯމަށް އިއްޒަތް ހޯދައިދޭން: މާރިޔާ

  • ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކުރުމުގެ ފުރުޝަތު ލިބިގެންދާނެ
  • ވަކި ބަޔަކު ކުރީމަ ކުށަަކަށްވެފައި، ވަކި ބަޔަކު ކުރީމަ ކުށަކަށް ނުވެދާނެ ގޮތް ނޯންނާނެ
  • ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފަ
މުހަންމަދު ވިސާމް | sampathmasiw

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 02:17 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ގުޅިފައީޥާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތެއްގައި މާރިޔާ އިބޫ އާއި އެކު -- ފޮޓޯ: މުހައްމަދު ޝަރުހާން

ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުންގެ އިތުބާރު އޮތް މުވައްސަސާއަކަށް ހަދާ ފުލުހުންގެ ޔުނިފޯމަށް ލިބިފައިވާ އިއްޒަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ހޯދަދޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

މައްޗަންގޯޅީގައި ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެއްކަމެއް ވަކި ބަޔަކު ކުރީމަ ކުށަކަށްވެފައި އަނެއްބަޔަކު ކުރީމަ ކުށަކަށްނުވާ ވާހަކަ ފުލުހުން ރައްޔިތުންގެ ކައިރީގައި ބުނަންޖެހެނީ ލަދުވެތިކަމާއި އެކުގައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ފުލުހުންނަން ކުރާ އިތުބާރު ގެއްލިގެންދާއިރު، ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ލިބޭގޮތަށް މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަދީ، ފުލުހުންގެ ޔުނީފޯމްގެ އިއްޒަތް ފުލުހުންނަން ހޯދަދޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ ޕްރޮމޯޓް ކުރުމަށް އަޑުގަދަ ކުރާ ހަރުކޮށްގެން މާލޭގައި އެކި ސަރަހައްދުތަކުގައި ހުކުރު ދުވަހުގެ ހަވީރު ދުއްވި ޕިކަޕު ޓޯޔާޑަށް ގެންގޮސްފައިވާތީ އެކަމަށް މާރިޔާ ވަރަށް ބޮޑަކަށް ފާޑު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުޅީ ސުލްހަވެރި ސިޔާސީ ހަރަކާތް ހަމަހަމަކަމާއި އެކު ކޮންމެ ޕާޓީތަކަށް ވެސް ހިންގެންޖެހޭނެ ކަމަށެވެ. އެތަކެއް ދުވަހެއް ފަހުން ކަންމަތީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުޥި ވީހާވެސް ގިނަ ރައްޔިތުން ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވަޑައިގެންނެވިއިރު، މައްޗަންގޯޅިއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް