
| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 00:32 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ވެރިކަން ކުރާ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް "ބްރިޖު ސަޅި" ނަމުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރާނެކަމަށް ބުނި ނަމަވެސް އެ އާންމުނުކޮށް ޖަލްސާ ނިންމާލައިފިއެވެ.
ޕީޕީއެމްގެ ޖަލްސާ އަށް ދިއުމަށް ކުރި އިއުލާނުގައި ބުނެފައިވަނީ "ބުރިޖު ސަޅި އަދި މިއަށްވުރެ ސަޅި ވައުދުތައް ރައީސް ޔާމީންގެ ދޫ ފުޅުން. . ބްރިޖު ސަޅި ކެމްޕެއިން ޖަލްސާ 2018 އިން 2023 އަށް ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވަރު، ސެޕްޓެމްބަރު 7 ވާ ހުކުރު ދުވަހުގެ ރޭ 7:45 ގައި ކާނިވާ ސަރަހައްދުގައި . ރައީސް ޔާމީނަށާއި ދިވެހި ރާއްޖޭގެ ކުރިއެރުމަށް ތާއީދު ކުރައްވާ ހުރިހާ ރައްޔިތުން މި ފޯރިގަދަ ތާރީޚީ ޖަލްސާގައި ބައިވެރިވެ ލައްވާ" އެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ މެނިފެސްޓޯ ނުވަތަ ކުރިއަށް އޮތް ފަސް އަހަރަށް އެމަނިކުފާނުގެ ތަސައްވަރެއް އެ ޖަލްސާގައި ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ 1000 ފަރާތަކަށް ގެޓްސެޓް ލޯނު ދޫކުރާނެ ކަމަށެވެ.
ޕީޕީއެމް މެނިފެސްޓޯ ލަސްވަމުންދާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އަށް ފާޑުކިޔުން އަމާޒު ކުރަމުންދާއިރު މެނިފެސްޓޯ އާއި ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މެނިފެސްޓޯއަކީ "ސަޕްރައިޒެއް" ކަމަށެވެ. ޕީޕީއެމުން ކާނިވާ ސަރަހައްދުގައި މިދިޔަ މެއި މަހު ބޭއްވި ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ އާންމު ކުރައްވާނީ ފިތުރު އީދަށްފަހު ކަމަށެވެ. އެހެން ނަމަވެސް ފީތުރު އީދު ނިމި ރިޔާސީ އިންތިޚާބަށް 14 ދުވަސް ވެފައިވާއިރު މެނިފެސްޓޯ އާންމުކޮށްފައެއް ނުވެއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އިންތިހާބުގެ 85 ދުވަސް ކުރިން މެނިފެސްޓޯ ތައާރަފްކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް