22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

އައްތަހިޔާތުގައި އެއް އިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަމްބަރަށް ވެގެނެއް ނޫން، މުރުތައްދު ނުވޭ: އަލީ ޒާހިރު

  • ރައީސް ޔާމީން ކިތަންމެ ވަރަކަށް ބުންޏަސް ﷲ ގެ އެއްކައުވަންތަ ކަމުގައި އެހެން ފަރާތްެއް ބައިވެރި ނުކުރާނެ
  • އައްތަހިޔާތުގަ އެއް އިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަންބަރަށް ވެގެނެއް ނޫން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 ސެޕްޓެންބަރ 2018 | ހުކުރު 23:35 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު -- ފޮޓޯ: ރާއްޖެ އެމްވީ

ނަމާދުގެ އައްތަހިޔާތުގައި ޝަހާދަތް އިނގިލި ތަޅުވަނީ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓް ނަމްބަރަކީ އެއް ނަމްބަރަށް ވުމުން ނޫންކަމަށާއި މުރުތައްދު ނުވުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ގޮވާލައްވައިފިއެވެ.

"ބްރިޖު ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއް ނަމްބަރަކީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވާނަމަ އައްތަހިޔާތުގައި أشهدُ أنْ لا إلهَ ކިޔަނީ އެއް އިނގިލި ތަޅުވަމުން ކަމަށާއި ދެ އިނގިލި ތަޅުވާނެކަމެއް ނެތްކަމަށެވެ. 

"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ދޭއް އަންނާނީ އެކަކަށްފަހު ދެއްތޯ. އެކެއް އެއީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވަންޏާ  أشهدُ أنْ لا إلهَ ކިޔަނީވެސް އެއް އިނގިލި ތަޅުވަމުން އައްތަހިޔާތުގައި. ދެ އިނގިއްޔެއް ނުތަޅުވަން އަޅުގަނޑުމެންނެއް. ދެ އިނގިލިން ތަޅުވާނެކަމެއް ނެތް. ދެ ފިކުރެއް ނުގެންގުޅޭނެ އަޅުގަނޑުމެން" ރައީސް ޔާމީން ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވާ އަލީ ޒާހިރު ވިދާޅުވީ އެއްކައުވަންތަ ފަރާތަކީ ހަމައެކަނި ﷲ ކަމަށާއި ރައީސް ޔާމީން ކިތަންމެ ވަރަކަށް ވިދާޅުވިޔަސް ﷲ ގެ އެއްކައުވަންތަ ކަމުގައި އެހެން ފަރާތެއް ބައިވެރި ނުކުރާނެކަމަށެވެ. އަދި އައްތަހިޔާތުގަ އެއް އިނގިލި ތަޅުވަނީ ޔާމީންގެ ކެންޑިޑޭޓް ނަމްބަރަށް ވެގެނެއް ނޫން ކަމަށާއި މުރުތައްދު ނުވުމަށް އަލީ ޒާހިރު ވިދާޅުވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދީބު

2 ހަފްތާކުރިން

ޔާމީނު ވިދާޅުވީ އައްތައްހިއްޔާތުގައި އެއް އިނގިލި ތަޅުވަނީ ޔާމީނު އެއްނަންބަރު ކެންޑިޑޭޓަށް ވެގެނެކޭ ނޫން ދޯ، ބުނާ ބަސްބަހުގެ މާނަ އޮޅުވަލުމަށް ގައުމު ހަލާކުވާފަދަ މުސްލިމިންގެ މުސްލިމްކަން ގެއްލިފައިވާކަމަށް ދޭހަވާ ވާހަކަޔައް ޝޭޚުން ގެ ގޮތުގައި ތިބެ ނުފެތުރުމަށް ގޮވާލަން.

4
14
އަލީ ހުސެއިން

2 ހަފްތާކުރިން

މި ރައީސް ޔާމީނާހެދި މިގައުމުގައި އުޅެންވެސް ބިރުގަންނަ ހިސާބަށް މީނާ މުރުތައްދުވުމުގެ ކަންކަން ހިގައްޖެ. މާތް ކަލާކޯ، އަމިއްލަ ފުޅަށް ތައުބާވޭ، ޕޯޑީއަމް ތަކަށް ، އަރާ ވިދާލުވެވެނީ ކޯއްޗެއްކަން ނޭގޭވަރަށް ވާހަކަ ނުދައްކާ

18
3
Koss nugovaa

2 ހަފްތާކުރިން

Eyaku nei dhw murudhahdhu vefaeh dhahkaavaahaka getu nuvanee dhw??

5
15
އަސަދު

2 ހަފްތާކުރިން

ކަލެޔަށް ޔާމީނުބުނި އެއްޗެއްވެސް ނޭގުނުދޯ؟ ތިކަހަލަ މީހުން މިހާރު އަދާލަތުގައި ތިބެނީ

2
5
ފިނިފެންމާ

2 ހަފްތާކުރިން

އޭނާ ކޮންމެ އެއްޗެއް ބުންޏަސް ޝަހީމް އަތް ޖަހާނެ.

8
1