13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިޚާބު 2018

މިއީ ނިކުންނަންވީ ވަގުތު، ވަޒީފާގެ ބިރުދެއްކުމާ ދެކޮޅަށް ނަމޫނާ ދައްކައިފި: ފައިސަލް

  • ދިވެހި ރައްޔިތުން އަބަދުވެސް މަސައްކަތް ކުރާނީ ހިތްދަތިކަމުން ހިތްވަރު ލިބިގެން
  • ވަޒީފާގެ ބިރަށް ނުބަލާއި ނުކުންނި މުވައްޒިފުންގެ ފަރާތުން ހިތްވަރުލިބިގެން ނުކުންނަވާ
  • ހޮނިހިރު ދުވަހުގެރޭ ބާއްވާ ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފަ
މުހަންމަދު ވިސާމް | sampathmasiw

| 7 ސެޕްޓެންބަރ 2018 | ހުކުރު 23:09 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


މައްޗަންގޮޅީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން -- ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދައްކާ ވަޒީފާގެ ބިރަށް ނުބަލައި އާދައިގެ ވަޒީފާ ތަކުގައި ކުޑަ މުސާރަ ލިބިގެން ދިރިއުޅޭ ގިނަ ރައްޔިތުން ނަމޫނާ ދައްކައިފި ކަމަށާއި، ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒިފުންނާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން އެކަމުން ހިތްވަރު ލިބިގެން ނުކުންނަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން ނިސްބަތްވާ މައްޗަންގޯޅީގައި ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް އެތަކެއް ހިތްދަތި ކަންތައްތަކަކާއި ދިމާވެއްޖެ ކަމަށާއި، ދިވެހި ރައްޔިތުން އަބަދުވެސް އިސްލާހީ މަސައްކަތް ކުރަނީ ހިތްދަތިކަމުން ހިތްވަރު ލިބިގެން ކަމަށެވެ. މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ތާއިދު ކުރާ ސަރުކާރުގެ މުވައްޒިފުން ވަޒީފާ އަދާކުރާ ރަށް އެހެން ރަށްތަކަށް ބަދަލު ކުރާއިރުވެސް އެ މުވައްޒަފުން ނަމޫނާ ދައްކައިފިކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، ހަމަހިމޭން ކަމަށާއި އެކު މިނިވަންކަމާއި އެކު މަސައްކަތްކުރަން މާހައުލު، އަޅުގަނޑުމެން ޔަގީން ކުރުމަށްޓަކައި އަޅުގަނޑުމެން މިސައްކަތްކޮށް ބާރަށް ކުރިއަށް ގެންގޮސް ކާމިޔާބުކޮށް ކުރަންވީ،" ފައިސަލް ވިދާޅުވިއެވެ.

ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ބާއްވި ޖަލްސާގައި ޖަލްސާގައި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒިފުންނާއި ކުންފުނިތަކުގެ މުވައްޒިފުން މަޖުބޫރުކޮށްގެން ބައިވެރިކުރުވާ މަންޒަރު ފެންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.  

މީގެ އިތުރުން ފައިސަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ބައިވެރިވަޑައިގެންނެވިއިރު، މައްޗަންގޮޅިއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް