23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

ރިޔާސީ އިންތިހާބު 2018

ރައީސް ނަޝީދާއި، ޤާސިމަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންފި

  • އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެންނެވީ "ބްރިޖް ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 7 ސެޕްޓެންބަރ 2018 | ހުކުރު 22:31 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ބްރިޖް ސަޅި ނަމުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން -- ސޯޝަލް މީޑިއާ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދެއްވީ އެމަނިކުފާނުކަމަށް ރައީސް އަބްދުﷲ ޔާމީން އެއްބަސްވެވަޑައިގެންފި އެވެ. 

އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެންނެވީ "ބްރިޖު ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަމަށް ތަކުރާރުކޮށް ޕޯޑިއަމްތަކުގައި ވިދާޅުވަމުން ގެންދަވާ، ރައީސް އަބްދުﷲ ޔާމީން ޖަލްސަގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ފުރުސަތު ނުދެއްވީވެސް އެމަނިކުފާނު ކަމަށެވެ. އަދި ޤާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތުވެސް ނުދެއްވީ ސީދާ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ވޯޓުލާއިރު، ވޯތުލާނީ 10 ކުށްވެރިން މިނިވަންކުރަންތޯ ނުވަތަ މިއަދުގެ ތަރައްްޤީއާއެކު ކުރިއަށްދާތޯ ވިސްނަންޖެހޭ ކަމަށެވެ. އަދި 23 ސެޕްޓެމްބަރުގައިދެވޭ ވޯޓަކީ އިސްލާމްދީނަށާއި، އަދުލު އިންސާފު ޤާއިމްކުރުމަށްދެވޭ ވޯޓެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އަދި ފައިސަލް ނަސީމަށްވެސް ބޮޑު ހެޔޮކަމެއްކޮށްދީގެން ހުންނެވި ކަމަށެވެ. އެގޮތުން އިބޫގެ ނަން އައީ އުވަގަށާއި މެށިނާއި ތަންތަނުގައި ވޯޓުލުމަށްފަހުގައި ކަމަށާއި، ފައިސަލް ނަސީމްގެ ނަން އައީ ޤާސިމް އިބްރާހިމް އޭނާއަށް ތާއީދުނުކުރައްވާނެކަން ހާމަކުރައްވާފައިވަނިކޮށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ފައިސަލް ނަސީމަށް، ޤާސިމް ތާއީދުނުކުރެއްވީ އޭނާ ވީއްލެއްޖެނަމަ ނައިބް ރައީސްކަމާއި ރައީސްކަންވެސް އޭނާ ބޭނުންވާތީކަމަށް ރައީސް ވިދާޅުވި އެވެ.  

"އިބޫ ކީއްވެގެންތޯ އަޅުގަނޑަށް ޝުކުރުއަދާކުރަނީ، އެއީ ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ޤާސިމް އިބްރާހިމަށް ޖާގަ ނުދިނީ އަޅުގަނޑު. އެކަމަށްޓަކައި އެ ދެބޭފުޅުންނަށް ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން. މިވަގުތަކީ އިބޫ އާއި ފައިސަލްގެ އިހުތިރާމް އިންތިހާއަށް ބޮޑު ވަގުތެއް"

1 ގަޑއިރަށް ދިގުދެމިގެންދިޔަ ރައީސް ޔާމީންގެ ވާހަކަފުޅުގައި މުޅި ޖުމްލަގޮތެއްގައި ބަހުގެ ހަމަލާތައް އަމާޒުކުރެއްވީ ރައީސް މުހައްމަދު ނަޝީދަށް އެކަނި އެވެ. އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ބަހުގެ އެއްވެސް ހަމަލާއެއް އަމާޒުކުރައްވާފައެއް ނުވެ އެވެ. އަދި ރައީސް ޔާމީނާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ރައީސް ޔާމީނަކަށް ވިދާޅެއް ނުވެވުނު އެވެ. 

ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވުމުގެ އިތުރުން ރައީސް ޔާމީންގެ މުޅި ވާހަކަފުޅުގައި ދެން ދެއްކެވީ ޖީއެމްއާރުގެ ވާހަކަ އެވެ. އޭގެއިތުރުން ބޭރުގެ ޤައުމުތަކުގެ ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލެއްވުމަށް ރައީސް ޔާމީން ވަނީ ހޫނު ބަހުގެ ހަމަލާތަކެއްދެއްވާފަ އެވެ. 

ރައީސް ނަޝީދާއި، ޤާސިމަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދެއްވީ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނަކީ ޖުޑީޝަރީއަށް ނުފޫޒް ނުފޯރުވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދާއި، ޤާސިމަށް އިްނތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނީ ކޯޓު ހުކުމެއް އޮތުމުގެ ސަބަބުންކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުންގެންދަވަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކަލީމް

5 މަސް ކުރިން

ޔާމިނު ގެ ސިކުންޑި ގޭގައި ބާއްވާފައި އައުމުން ޕޯޑިއަމްގައި ދެކެވޭނީ ހަމަ ތިވާހަކަ

0
0
ibbe

5 މަސް ކުރިން

Adhi ebeyfulhun nakee siyaasee kuvverin ney ves rey ga vidhaalhu vevunu

0
0