26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

މިއުޒިކާއެކު "إن شاء الله", ޝަހީމް ޖެއްސެވީ އަތް!

  • ޕީޕީއެމްއިން ވޯޓު ހޯދުމުގެ ނިޔަތުގައި ދަނީ އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކުރަމުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ސެޕްޓެންބަރ 2018 | ހުކުރު 22:09 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ބުރިޖު ސަޅި ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގެ ތެރެއިން -- ސޯޝަލް މީޑިއާ

މިއުޒިކާއި މާތް ﷲ ގެ އިސްމުފުޅާއެކު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ލަވައެއް ރިލީޒް ކޮށްފިއެވެ. 

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް "ބުރިޖު ސަޅި" ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެޕާޓީއިން ވަނީ "إن شاء الله" ގެ ނަމުގައި ލަވައެއް ރިލީޒްކޮށްފައެވެ. މިއުޒިކާއެކު ރިލީޒްކުރި މި ލަވަ ޖަލްސާގެ ބެކް މިއުޒިކެއްގެ ގޮތުގައި ވެސް ވަނީ ބޭނުންކޮށްފަައެވެ. 

ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ލަވަ ރިލީޒް ކުރެވިގެންދިޔުމާއެކު ރައީސް ޔާމީން އަދި އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ތިއްބެވީ އަތް ޖައްސަވާށެވެ. މި ބޭފުޅުން ﷲ ގެ އިސްމުފުޅާއެކު ލަވައެއް ރިލީޒް ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ހަމައެހެންމެ ރާއްޖޭގެ ދީނީ ޝެއިޚުންނަށް ބޮޑެތި ބަހުގެ ހަމާލަތައް އަމާޒުކުރެއްވުމަށްފަހު އެފަދަ ލަވައެއް ރިލީޒް ކުރެވިގެން ދިޔައިރު ދީނީ އިލްމު އުގެނިވަޑައިގެން ހުންނެވި ޑރ. ޝަހީމް އަތް ޖައްސަވަން ހުންނެވުމާއެކު އެމަނިކުފާނަށް ވެސް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. 

ރާއްޖޭގައި އިސްލާމް ދީން ބޭއްވުމަށް ރައީސް ޔާމީނަށް ވޯޓު ދޭން އެދި ޕީޕީއެމްއިން ކެމްޕޭން ކުރަމުންދާއިރު އެޕާޓީއިން މިފަދަ ކަންތައްތައް ކުރުމުން އިސްލާމް ދީން އެޕާޓީއިން ވޯޓު ހޯދުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަން ހާމަވެގެންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފިނިފެންމާ

3 ހަފްތާކުރިން

ޔާމީން ފަރްޟް ނަމާދަށް މިސްކިތަށް އަރާ ހުއްތާ މީހަކަށް ނުފެންނާނެ.

0
0
Ma

3 ހަފްތާކުރިން

Music haraam tha

0
0