13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސިނަމާލެ ބްރިޖް

ބްރިޖްގައި ދަތުރުކުރާއިރު ހެލްމެޓް ބޭނުން ކުރުމަށް އިލްތިމާސްކޮށްފި

  • ބުރިޖުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދު
  • ސައިކަލު ތަކުގައި އަމިއްލައަށް އިށީނދެ ނީންދެވޭ ވަރުގެ ކުޑަކުދިން އަރުވައިގެން ބުރިޖުގައި ދުއްވުމަކީ މަނާ ކަމެއް
އަމްނާ އިމާދު | @amnabinthimad

| 7 ސެޕްޓެންބަރ 2018 | ހުކުރު 20:16 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ސިނަމާލެ ބްރިޖު - ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ސައިކަލު ދުއްވާ ފަރާތްތަކުން ބުރިޖުން ހުރަސްކުރާ ނަމަ ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝަރުހާން

މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދެ ފުރޮޅުލީ އުޅަނދު ފަހަރުގައި ބްރިޖް ހުރަސްކުރާނަމަ ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެއޮތޯރިޓީން ބުނީ ބުރިޖުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދުކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުރިޖު ބޭނުންކުރެވޭނެގޮތް އާންމުކޮށް އެއޮތޯރިޓީން ބުނީ ބުރިޖްގެ ދެފަރާތުގައި ފެންސް ޖަހާފައިވާ ދެ ލޭން ބޭނުން ކުރާނީ ހިނގާ މީހުންނާއި ދުވާމީހުން ކަމަށެވެ. އަދި ހިނގާ މީހުންނާއި ދުވާމީހުން ފެންސްގެ އެތެރޭގެ ދެ ލޭން ބޭނުންކުރުމަކީ މަނާކަމެއްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

ފެންސްގެ އެތެރޭގެ އެންމެ ބޭރު ދެ ލޭން ދެފުރޮޅުވީ އުޅަނދު ފަހަރަށާއި ޕަބްލިކް ބަހަށް ހާއްސަކޮށްފައިވާއިރު ބްރިޖްގެ މެދުގެ ދެ ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ބަސް ފިޔަވައި ދެ ފުރޮޅުލީ އުޅަނދު ފަހަރަށެވެ. އަދި އެ ލޭންގައި ދަތުރުކުރާ ވެހިކަލްތައް ކަނޑައެޅިފައިވާ ލޭން ފިޔަވާ އެހެން ލޭންތަކަށް އޯވަޓޭކް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެތޯރިޓީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ސައިކަލު ތަކުގައި އަމިއްލައަށް އިށީނދެ ނީންދެވޭ ވަރުގެ ކުޑަކުދިން އަރުވައިގެން ބުރިޖުގައި ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް