22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ސާފް ސުޒުކީ ކަޕް 2018

ސާފް ސުޒުކީ ކަޕް: ރާއްޖެ އަދި ލަންކާ އެއްވަރުވެއްޖެ

 • ރާއްޖޭ ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން
 • ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗު 10-0 އިން ކާމިޔާބުކުރި
 • އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ދެވަނަ ބުރަށް ދެވޭނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ސެޕްޓެންބަރ 2018 | ހުކުރު 20:06 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ރާއްޖެ އަދި ލަންކާ ކުޅުނު މެޗުގެ ތެރެއިން -- އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. 

ބަންގްލަދޭޝްގެ ޑާކާގައި ކުރިޔަށްދާ މުބާރާތުގައި ރާއްޖޭ ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރާއްޖޭގެ ފަރާތުން މެޗު ފެށިގެން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭގެ ހަމަލާތައް ހުއްޓުވީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާއެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލަންކާގެ އަސޭލާ މަދުޝަން އެޓީމަށް ލަނޑެއް ޖެހި ނަމަވެސް އޭނާ ހުރީ ލަނޑު ޖެހި ވަގުތު އޮފްސައިޑް މަގާމެއްގައެވެ. 

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ލަންކާއިން އެޓީމުގެ ގޭމް ޕްލޭން ބަދަލުކޮށް އެޓޭކަށް ވިސްނައިގެން ކުޅެފައިވެއެވެ. ރާއްޖޭގެ ކީޕަރު ފައިސަލްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭގެ ފޯވާޑުން ވެސް ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ރާއްޖެއަށް ރިހާމް އަބްދުލް ޣަނީ (ބޮބީ) ލަނޑެއް ޖަހައިދިން ނަމަވެސް އޭނާ ހުރީ ލަނޑު ޖެހި ވަގުތު އޮފްސައިޑް މަގާމެއްގައެވެ. އޭގެފަހުން ވެސް ރާއްޖެއަށް ނަތީޖާ އަނބުރާލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. 

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗު 10-0 އިން ކާމިޔާބުކުރިއިރު އެމެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ހަ ލަނޑު ޖަހައި ޑަބަލް ހެޓްރިކެއް ހެދިއެވެ. 

މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އިންޑިއާ އޮތްއިރު ލަންކާ އަދި ރާއްޖެއަށް ލިބިފައިވަނީ އެއް ޕޮއިންޓްއެވެ. އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ދެވަނަ ބުރަށް ދެވޭނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް