15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެމްބަސީ ބަދަލުކުރުން

ޕެރަގުއޭގެ އެމްބަސީ ޤުދުސްއިން ތެލްއަވީވަށް ބަދަލު ކުރުމުން އިޒްރާއީލުން ބަދަލުހިފައިފި

  • އިޒްރާއީލުގެ އެމްބަސީ ބަންދުކުރަން ވަނީ ނިންމާފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 7 ސެޕްޓެންބަރ 2018 | ހުކުރު 19:41 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


މުސްލިމުންނަށް ކުރަމުންދާ އަނިޔާއާ ގުޅިގެން މުޅި ދުނިޔެވެސް ދަނީ އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ފާޑު ކިޔަމުން -- ގޫގުލް

އިސްރާއީލުގެ ތެލްއަވީވުގައި ހުއްޓާ ޤުދުސްއަށް ބަދަލުކުރި ޕެރަގުއޭގެ އެމްބަސީ އަނެއްކާވެސް ތެލް އަވީވަށް ބަދަލު ކުރަން ޕެރަގުއޭގެ އައު ސަރުކާރުން ނިންމުމުމާ ގުޅިގެން އިޒްރާއީލުން ބަދަލު ހިފައިފިއެވެ.

ޕެރަގުއޭގެ އެމްބަސީ ޤުދުސް އަށް ބަދަލުކުރިތާ ތިން މަސް ފަހުން، ފަލަސްތީނުގެ އެދުމުގެ މަތިން ތެލްއަވީވަށް އެ އެމްބަސީ ބަދަލު ކުރަން އެ ގައުމުގެ އައު ސަރުކާރުން ނިންމުމާއި ގުޅިގެން ޕެރަގުއޭގެ ވެރިރަށް އެސޮންސިއޯންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރަން އެ ގައުމުން ވަނީ ނިންމާފައެވެ.

އެސޮންސިއޯންގައި ހުންނަ އެމްބަސީ ބަންދުކޮށްފައި މިވަނީ ރައީސްކަމުގެ ހުވާ މިދިޔަ މަހު ކުރެއްވި މާރިއޯ އަބްޑޯ ބެނިޓޭޒް މެދުއިރުމައްޗަށް ދާއިމީ ސުލްހަ ހޯދަން ބޭނުންވާކަން ހާމަކޮށްފައި ވަނިކޮށެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ އެގައުމުގެ ނިންމުމާ ގުޅިގެން އިޒްރޭލުން ފާޅުގައި ފާޑުކިޔަމުންދާ މިދަޑިވަޅުގައި ފަލަސްތީނުން ވަނީ އެ ގައުމުގެ އެމްބަސީއެއް ވަރަށް އަވަހަށް ޕެރަގުއޭގައި ހުޅުވާނެ ކަމަށް ބުނެފައެވެ.

ތެލް އަވީވުން ޤުދުސްއަށް ޕެރަގުއޭގެ އެމްބަސީ ބަދަލު ކުރަން މިދިޔަ މެއި މަހު ނިންމީ ކުރީގެ ރައީސް ހޮރަސިއޯ ކާޓްސް އެވެ. އެއީ އެމެރިކާ އެމްބަސީ ޤުދުސް އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. އެމެރިކާގެ އެ ނިންމުން ތަންފީޒު ކޮށްފައި ވަނީ އެތައް އަހަރެއް ވަންދެން އެކަން ފަސް ކުރުމަށް ފަހުއެވެ. އެ ނިންމުމާއި ގުޅިގެން މުޅި ދުނިޔެ ވެސް ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔަހޫދީންނަށް

2 މަސް ކުރިން

ތީގެންވެސްގެއްލުންވާނީ ޔަހޫދީންނަށް

0
0