16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ދަތިކުރުމުގެ ފިޔަވަޅު

އެމެރިކާއިން އުޅެނީ ނުފޫޒު ފޯރުވަން: ދިވެހި ސަރުކާރު

  • ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ އެމެރިކާގެ ބަޔާނާއިމެދު ކަންބޮޑުވާކަމަށް
  • ވާދަކުރާ 2 ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު އެބައޮތް: ސަރުކާރު
  • ތަންފީޒުކުރަން ޖެހޭ އަމުރެއް ނޯންނާނެ
މިއުވާން މުހައްމަދު | Miuvaan

| 7 ސެޕްޓެންބަރ 2018 | ހުކުރު 19:41 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޚާރިޖީ ވުޒާރާ -- ފޮޓޯ: މުހައްމަދު ޝަރުހާން

މިމަހުގެ 23 ވަނަ ދުވަހު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން އިންޒާރު ދިނުމުން، އެމެރިކާއިން މަސައްކަތްކުރަނީ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސްއަށް ނުފޫޒު ފޯރުވުމަށްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ އިންޒާރަށް ރައްދު ދެމުން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ އެމެރިކާގެ ބަޔާނާއިމެދު ކަންބޮޑުވާކަމަށެވެ. އަދި އެމެރިކާގެ ބަޔާން ދިވެހި ޚާރިޖިއްޔާއިން ސިފަކޮށްފައިވަނީ މިނިވަން ޤައުމަކަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައެވެ. ދިވެހި ސަރުކާރުން ބުނީ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހިން ބޭނުންވާ ވެރިއަކު އިންތިޚާބުކުރުމުގެ ބާރު ދިވެހި ރައްޔިތުންނަށް ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށާއި އެމެރިކާއަށް ގޮވާލާކަމަށެވެ. 

މީގެ އިތުރުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާއި، ކަމާއި ގުޅޭ އެހެން އިދާރާތަކާއި ގުޅިގެން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، ވާދަކުރާ 2 ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު އެބައޮތްކަމަށް ބުނެފައިވެއެވެ. އަދި ދެ ކެންޑިޑޭޓުންވެސް ވަރަށް ފޯރިއާއިއެކު ކެމްޕެއިން ކުރައްވަމުން ގެންދަވާކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ. 

ދެ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު އެބައޮތްކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވީނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި އިދިކޮޅު ޕާޓީތަކަށް ކެމްޕެއިން ކުރަން ފުލުހުންނާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ސިވިލް ސަރވިސް ކޮމިޝަނާއި، އެޗްޑީސީއާއި އެހެން އިދާރާތަކުން އެކި ގޮތްގޮތަށް ހުރަސް އަޅަމުންދާކަން އިދިކޮޅު ޕާޓީތަކުން ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ބުރާސްފަތި ދުވަހުގެރޭ ނެރުނު ބަޔާނުގައި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި، 1 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާފައިވާ ގޮވާލުމަށްވެސް ދިވެހި ސަރުކާރުން ވަނީ ރައްދު ދީފައެވެ. އެގޮތުން ރާއްޖޭގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަމަށާއި، ހުކުމްކޮށްފައި ތިބި އެންމެންނަށްވެސް ހުކުމް ކޮށްފައިވާނީ ޑިއު ޕްރޮސެސް ފުރިހަމަކުރުމަށްފަހު ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން އެކޯޓުގެ 1 ފެބްރުއަރީގެ އަމުރު ބާޠިލްކޮށްފައިވާކަމަށާއި، އެހެންކަމުން ތަންފީޒުކުރަން ޖެހޭ އަމުރެއް ނޯންނާނެ ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. 

ދިވެހި ސަރުކާރާއި، ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިލާތުގެ އިއްތިޙާދުންވެސް ވަނީ މިދިޔަ ޖުލައި މަހު ފާސްކޮށްފައެވެ. އަދި އެމެރިކާއިން ދިން އިންޒާރާއިއެކު، ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ދިވެހި ސަރުކާރުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާކަމަށް ޚާރިޖީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. 

އެމެރިކާއިން ދިން އިންޒާރުގެ ރައްދުގައި ދިވެހި ސަރުކާރުން ނެރުނު ބަޔާން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް