16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އަސާސީ ހައްގު

އަސާސީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ!

  • ރާއްޖޭގެ ހާލަތު ގާތުން ބަލައި ސަރުކާރަށް ޕްރެޝަރު ކުރާނަން
  • މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިންނަށް ދަނީ ފުރައްސާރަ ކުރަމުން
  • ކަންކަން ރަނގަޅު ކުރުމަށް ޕްރެޝަރުކުރަން ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަނީ ގޮވާލާފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 7 ސެޕްޓެންބަރ 2018 | ހުކުރު 19:18 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއެއް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންތަކަކަށް ފުލުހުން ހުރަސް އަޅަނީ -- ފޮޓޯ: އަޝްވާ ފަހީމް

އަސާސީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

ސިވިކަސް ޖަމިއްޔާއިން ނެރޭ މި ލިސްޓަށް ރާއްޖެ އިތުރުކޮށްފައިވަނީ، ރާއްޖޭގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ފާހަގަކުރުމަށް ފަހުގައެވެ. ސިވިކަސް މޮނިޓަރ އިން ކުރި ދިރާސާތަކަށް ފަހު، އަސާސީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ވޮޗްލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ސިވިކަސް މޮނިޓަރ އަކީ މަދަނީ ޖަމިއްޔާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އޮންލައިންކޮށް ބަލައި، ދިރާސާ ކުރުމަށް ހަދާފައިވާ ޕްލެޓްފޯމެކެވެ.

އެ ޖަމިއްޔާއިން މިދިޔަ މަހުގެ 23 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުގައި، ސުލްހަވެރި އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ގެންދަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރަމުންނެވެ. އަދި ޖަލުތަކުގައި ތަފާތުކުރުން ގެންގުޅެ، އެކިގޮތްގޮތަށް އަނިޔާކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. 

މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރިކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. ބަޔާނުގައިވާ ގޮތުގައި، އެ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުންނެވެ. އަދި އުފުލާފައިވާ ދައުވާތަކުގެ ސައްހަކަމާއި މެދު އެ ޖަމިއްޔާއިން ސުވާލު އުފައްދާފައިވެއެވެ. 

އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަނިޔާކޮށް، ހައްޔަރުކޮށްފައިވާ ކަމާއި މިނިވަން ނޫސްވެރިކަމަށް ޖާގަ ނުދޭކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅު ސިޔާސީ ފަރާތެއް ދެއްކެވި ވާހަކަ ބްރޯޑްކާސްޓު ކުރުމުގެ ސަބަބުން ރާއްޖެޓީވީ ޖޫރިމަނާކުރިކަން ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މީޑިއާތަކާއި މަދަނީ ޖަމިއްޔާތަކަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް، ފުރައްސާރަކުރުން ހުއްޓާލުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. މިކަންކަން ކަށަވަރުކުރުމަށް ބާރުއަޅަން ބައިނަލްއަގްވާމީ މުޖުތަމައުއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ބަޔާނުގައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ހާލަތު ގާތުން ބަލައި، އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން ސަރުކާރަށް ބާރު އަޅާނެއެވެ.

ރާއްޖެއާއެކު މި ލިސްޓުގައި ދެން ހިމެނެނީ ބަންގްލަދޭޝް، ކެމަރޫން، ކޮންގޯ، ގުއަޓަމާލާ އަދި ނިކަރާގުއާއެވެ.

ސިވިކަސްއަކީ 1993 ވަނަ އަހަރުން ފެށިގެން ފަރުދުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާއެކެވެ. ސިވިކަސްގެ މައި އޮފީސް ހުންނަނީ ދެކުނު އެފްރިކާގެ ޖޮހޮނަސްބަރގްގައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ސްވިޓްޒަލެންޑްގެ ޖެނީވާގެ އިތުރުން އެމެރިކާގެ ނިއުޔޯކްގައި އެޖަމްއިއްޔާގެ އޮފީސްތައް ޤާއިމްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް