17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

އަދާޔާ ހިލާފް ބޮޑު ޖަލްސާގެ ތާއްޔާރީތައް މެކުހަށް!

  • އަޖާއިބު ކުރުވަނިވި، ޝައުގުވެރި ކުރުވަނިވި ޖަލްސާއަކަށް ވެގެންދާނެ
  • ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ހަރުގެ ތަކުގައި ބައްދަލުވުންތަށް ދަނީ ކުރިއަށް ގެންދަމުން
  • ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނަނީ ސައިޒް ދައްކާލާނެ ކަމަށް
މުހަންމަދު ވިސާމް | sampathmasiw

| 7 ސެޕްޓެންބަރ 2018 | ހުކުރު 19:13 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ޖަލްސާއަށް އެންމެ ފަހުގެ ތައްޔާރީތަށް ހަރުގޭގައި ކުރިއަށް ދަނީ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ ކާނިވަލް ސަރަހައްދުގައި ބާއްވާ "އިންސާފުގެ މަގަށް ރާއްޖެ"  ބޮޑު ޖަލްސާއަށް ތައްޔާރީތައް މެކުހަށް ޖަހައިފިއެވެ.

ޖަލްސާއަށް ތާއްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް މާލޭގައި އެކި ހަރަކާތަށް ކުރިއަށް ގެންދާއިރު ހުކުރު ދުވަހު ހަވީރު އެމްޑީޕީގެ ހަރުގޭގައި އެންމެ ފަހުގެ ތައްޔާރީތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖަލްސާއަށް ދިދަ ފަތި ހެދުމާއި ޓީޝާޓުތަކުގައި ތައްގަނޑު ޖެހުމާއި، އަންހެންވެރިން ދިދަ ފަތިތައް ފެހުން ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުނެވެ. ތިން އަހަރު ފަހުން ހުއްދަ ލިބިގެން ހޮނިހިރު ދުވަހުގެރޭ 9:00 ޖަހާއިރު ބާއްވާ ބޮޑު ޖަލްސާއަށްޓަކައެވެ.

ހަވީރުގެ ސަޔާއި އެކު އެމްޑީޕީގެ ހަރުގޭގައި ކުރިއަށް އިރު، އެ ސަރަހައްދުގައި ހުންނަވާއިގެން ރާއްޖޭޓީވީއަށް މައުލޫމާތު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ތިން އަހަރުފަހުން މި ބާއްވާ ޖަލްސާ އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ އާންމު ރައްޔިތުންގެ އަދަދު ދައްކާލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

ޖަލްސާއަށް އެންމެ ފަހުގެ ތައްޔާރީތަށް ހަރުގޭގައި ކުރިއަށް ދަނީ

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން އައުމަކީ ރައީސް ޔާމީނަން އިންތިހާބަށް ކުރިމަތިލުމާއި ނުލުމަށް އޮތް ވިސްނުމަކަށް ވާނެތީ އަޅުގަނޑު ގަބޫލުކުރާނީ ގިނަ އަދަދެއްގެ ރައްޔިތުން މާދަމާރޭގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް" އާދަމް އާޒިމް ވިދާޅުވިއެވެ.

ހަރުގޭގެ ހަރަކާތްތަށް ކުރިއަށް ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު މާލޭގެ އެކި ސަރަހައްދުތަކުގައި ޕިކަޕުގައި އަޑުގަދަ ކުރާ ހަރުކޮށްގެން ޖަލްސާއަށް ވަޑައިގަތުމަށް އެދި ޖަލްސާ ޕްރޮމޯޓް ކުރުމަށް ވަނި ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ އެހެންމަވެސް ފުލުހުން ވަނީ އެ ޕިކަޕު ހިފަހައްޓާ، ޓޯޔާޑަށް ގެންގޮސްފައެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވަނީ މާފަންނު ދެކުނު ދާއިރާގައި ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ. ދޮރުން ދޮރަށް ކެމްޕެއިންގައި ދިމާވާ އާންމު ރައްޔިތުންނަން ކައިރީގައި ފައިސަލް ވަނީ ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން ތިބި ގޮތް ރައީސް ޔާމީންގެ ސަރުކާރަށް ހާމަކޮށްދިނުމުގެ ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. އެއީ އިންސާފު ގާއިމް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މާފަންނުގައި ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދަވަނީ

ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ރެއެއްގައި މާލޭގެ ހުރިހާ ހަރުގެއެއެއްގައި ދަނީ އެކި ބަންދަލުވުންތައް ކުރިއަށް ގެންދަމުންނެވެ. ކަންމަތީ ބައްދަލުންތައް ސިލްސިލާކޮށް ބާއްވަމުން އަންނަ އިރު މާލޭގައި ހުންނަ އަތޮޅުތެރޭގެ ރަށްތަކުގެ ޖަގަހަ ތަކުގައި ފޯރިޔާ އެކު ބަންދަލުވުންތައް ކުރިއަށް ގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ވިދާޅުވީ ހުވަދޫ އަތޮޅުގެ މީހުން ދިރިއުޅޭ 18 ރަށުގެ ތެރެއިން، މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވާ ހުވަދު އަތޮޅަށް ނިސްބަތްވާ ހުރިހާ ރައްޔިތުން ބޮޑު ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންނަށް ބޮޑު ޖަލްސާ އެތަކެއް ގޮތަކުން ހާއްސަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ފުވައްމުލަކުގެ ރައްޔިތުން ބޮޑު ޖަލްސާގައި ބައިވެރިވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

ބޮޑު ޖަލްސާއަށް މުޅި މާލެ ތައްޔާރުވަމުންދާއިރު މި ޖަލްސާއަށް ފަހު މާލޭގެ ކެމްޕެއިން ފޯރި އިތުރަށް ގަދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް