22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ވަޒީފާގެ ބިރުދެއްކުން

ވަޒީފާ ބަދަލުކުރި ތަންތަނަށް ނުދާން ނިންމުމުން، މުއައްޒަފުންގެ ހައްގުގައި އާއިލާއާއި ހެޔޮއެދޭ މީހުން އިހުތިޖާޖަށް!

  • އެ މުއައްޒަފުން ބުނަނީ ނުދާނެކަމަށް
އާމިނަތު ނުޒުހާ | nuzu8121

| 7 ސެޕްޓެންބަރ 2018 | ހުކުރު 19:12 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އިހަވަންދޫގައި މުއައްޒަފުންގެ ހައްގުގައި ކުރި އިހުތިޖާޖު -- ރާއްޖެއެމްވީ

ހއ. އިހަވަންދޫ ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ ދެ ޒުވާނަކު އެހެން ރަށްރަށަށް ވަޒީފާ ބަދަލުކުރުމުން އެ ތަންތަނަށް ނުދާން ނިންމުމުން އެމީހުންގެ ހައްގުގައި އެ މުއައްޒަފުންގެ އާއިލާއާއި ރަށްޓެހިންނާއި ހެޔޮއެދޭ އެންމެން އިހުތިޖާޖުކޮށްފިއެވެ.

އިހަވަންދޫ ފެނަކަ ބްރާންޗްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރަމުން ދާ ޝަހަރުއާބާދު މުހައްމަދު ސަމީރު މ. ނާލާފުށީ ފެނަކަ ބްރާންޗަށް ބަދަލުކޮށް، ހަމަ އެރަށު ފެނަކަ ބްރާންޗްގެ ޓެކްނީޝަން ހަސަން އަޙްސަންގެ ވަޒީފާ ވަނީ ތ. ބުރުނީއަށް ބަދަލުކޮށްފައެވެ.

މި ދެ މުއައްޒަފުންގެ ހައްގުގައި އެ ދެ މުއައްޒަފުންގެ އާއިލާއާއި އެކު ރަށުގެ ހެއުއެދޭ ގިނަ އަދަދެއްގެ ބަޔަކު ހުކުރު ދުވަހުގެ ހަވީރު މަގުތަކަށް ނުކުމެ އެ މުއައްޒަފުންނަށް ވަނީ ހިތްވަރުދީފައެވެ.

އެ ދެ މުއައްޒަފުންވެސް މި އިހުތިޖާޖުގައި ބައިވެރވިއިރު އެމީހުން ތިބީ ބަދަލު ކުރި ރަށުގެ ނަން ލިޔެފައިވާ ބޯޑެއް ގައި "ނުދާނަން" މިހެން ލިޔެގެންނެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސަމީރުއާއި އަހުސަން އާއި ދެމީހުންވެސް ބުނީ، އާއިލާއެއް ބަލަން ޖެހިފައި އޮއްވާ އަނބިދަރިންނާއި އާއިލާ ދޫކޮށް މާދުރު ނުވެސް ދަންނަ ރަށަކަށް އެމީހުންގެ ވަޒީފާ ބަދަލުކުރީ މި ސަރުކާރުން އެމީހުންނަށް ބިރު ދައްކައި ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ދެކޭ ކަމަށެވެ. އެހެންނަމަވެސް ގޮތްދޫކުރަން ބޭނުން ނުވާކަމަށާއި، އެރަށްރަށް ނުދާނެކަމަށް އެމީހުން ބުންޏެވެ.

މި ދެމީހުންގެ އިތުރުން އިހަވަންދޫ ފެނަކައިގައި މަސައްކަތް ކުރަމުން އައި އެރަށު އަބުދުލް އަލީމް ވެސް ކުރިން ވަނީ ގދ. މަޑަވެއްޔަށް ބަދަލުކޮށްފައެެވެ. އެހެންނަމަވެސް އަބުދުލް އަލީމް އާއި އޭނާގެ އާއިލާއާއި ހެޔޮ އެދޭ މީހުން ވަނީ މި އިހުތިޖާޖުގައި ބައިވެރިވެފައެވެ. އޭނާވެސް ހުރީ "ނުދާނަން" ލިޔެފައިވާ ބޯޑެއް ހިފައިގެންނެވެ.

ނާލާފުއްޓަށް ވަޒީފާ ބަދަލުކުރި ސަމީރަކީ އިހަވަންދޫގެ ކައުންސިލްގެ ކުރީގެ ރައީސެވެ. އޭނާ އަށް ފެނަކައިން ވަޒީފާ ލިބުނުފަހުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވާކަމަށް ބުންޏެވެ. އެކަމަކު އަހުސަން ވަނީ ދާދިފަހުން އިދިކޮޅު ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު އިހަވަންދޫއަށް ކުރެއްވި ދަަތުރުފުޅުގައި މަރުހަބާ ކިއުމަށްޓަކައި ނުކުމެފައެވެ.

އިހަވަންދޫ ފެނަކައިގެ ތިން މުއައްޒަފަކު އެހެން ރަށްރަށަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، އިއުލާން ނުކޮށް ކޮންޓްރެކްޓް އުސޫލުން ހަތަރު މުވައްޒަފެއް އިހަވަންދޫ ފެނަކަ ބްރާންޗަށް ނަގާފައިވަކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އާންމު އުސޫލެއްގެ ދަށުން ފެނަކައިން ވަޒީފާތަކަށް ނަގަނީ ޖީސީއީ އޯލެވެލް ސެޓްފިކެޓް އޮންނަ މުވައްޒަފުން ނަމަވެސް އެ ހަތަރު މުވައްޒަފުންގެ ތެރޭގައި ޖީސީއީ އޯލެވެލް ސެޓްފިކެޓްނެތް ފަރާތްތައްވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވަގު

2 ހަފްތާކުރިން

މި އޮތީ ވާ ކަމެއްދޯ. ތިޔަހާ ވެރިކަމަށް ހިތްޖެހިފައި ހުރި އަނިޔާވެރިޔެއް ނުދެކެން

0
0