23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ވިލާތުގެ އިއްތިޙާދުގެ ނިންމުން

ފިޔަވަޅުތައް އެޅުމުގައި އިންތިހާބުގެ އިންސާފުވެރިކަމާއި މިނިވަންކަމަށް ބެލޭނެ: އިނގިރޭސި ސަފީރު

  • ފިޔަވަޅު އަޅަނީ ވަކިވަކި ފަރުދުންނާއި ދެކޮޅަށް
  • އީޔޫއިން އެކުލަވާލި ފްރޭމްވާރކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމަކީ އިނގިރޭސިވިލާތް
  • ފިޔަވަޅު އެޅުމުގެ ދެވަނަ މަރުހަލާއަކީ މިހާރު އެކުލަވާލާފައިވާ ފްރޭމްވޯކަށް ފިޔަވަޅު އަޅާ ފަރުދުންގެ ނަންތަަކާއެކު އެނެކްސްއެއް އިތުރުކުރުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ސެޕްޓެންބަރ 2018 | ހުކުރު 19:11 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު ފިޔަވަޅުތައް އެޅުމުގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ބަލާނެ ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ. 

ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއްގައި އެމަނިކުފާނު ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދަށް ނުވަތަ އާއްމު ރައްޔިތުންނަށް ނޫން ކަމަށެވެ. އެހެން ނަމަވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ވަކިވަކި ފަރުދުންނާއި ދެކޮޅަށްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ޑޯރިސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު އެޅުމުގެ ދެވަނަ މަރުހަލާއަކީ މިހާރު އެކުލަވާލާފައިވާ ފްރޭމްވާރކަށް ފިޔަވަޅު އަޅާ ފަރުދުންގެ ނަންތަަކާއެކު އެނެކްސްއެއް އިތުރުކުރުން ކަމަށެވެ. ފިޔަވަޅުތައް އެޅިގެންދާނީ އެނެކްސްއަށް އިތުރު ވެގެންދާ ފަރުދުންނާއި ދެކޮޅަށް ކަމަށާއި އެހެން ނަމަވެސް މިވަގުތު އެނެކްސްއެއް އިތުރުކުރެވިފައި ނުވާ ކަމަށް ޑޯރިސް ވިދާޅުވިއެވެ. 

ޑޯރިސް ވިިދާޅުވީ މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދުން ބަލާ ކަމެއް ކަމަށާއި މި މަހުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ފިޔަވަޅު އެޅުމުގައި ބެލިގެންދާނެ ކަމަށެވެ. އެގޮތުން އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރާ ފަރާތްތައް ފިޔަވަޅު އަޅާ ފަރުދުންގެ ލިސްޓަށް ލެވޭނެކަމުގެ އިޝާރާތެއް ޑޯރިސް ވަނީ ދެއްވާފައެވެ. 

ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މާޗް މަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާއި ވިދިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެގަރާރާއެކު އެކުލަވާލުމަށް ނިންމި ފްރޭމްވާރކް ވެސް އީޔޫއިން ވަނީ ހާމަކޮށްފައެވެ. އެ ފްރޭމްވާރކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމަކީ އިނގިރޭސިވިލާތެވެ. 

މިފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނުވަދެވުމާއި ޓްރާންސިޓް ނުކުރެވުމާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ފަންޑުތައް ހިފެހެއްޓޭނެ ކަމަށް ވެސް އީޔޫއިން ބަޔާންކޮށްފައިވެއެވެ. އީޔޫގެ މި ފިޔަވަޅުތަކުގެ އަސަރު ބޮޑު ކުރުމަށްޓަކާއި އީޔޫ މެމްބަރު ގައުމުތަކުގެ އިތުރުން އީޔޫއިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ރާއްޖެއާ މެދު އީޔޫ އިން ވަކިވަކި މީހުންނާއި އިދާރާތަކާ މެދު އަޅާނެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާނެ ކަމަށް އީޔޫއިން ބުނެފައިވެއެވެ.

އިނގިރޭސި ސަފީރު މިގޮތަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއު މިރޭ ރާއްޖެ ގަޑިން 10:00 ގައި ގެނެސްދެވޭނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް