21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ސިނަމާލެ ބްރިޖް

ސިނަމާލެ ބުރިޖު އާންމުންނަށް ހުޅުވާލައިފި

  • ބުރިޖުން ދަތުރު ކުރުމުގެ އަގުތައް އާއްމު ކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބަށް ފަހު
  • ބްރިޖްގެ އަގުތައް އާއްމު ކުރެވެންދެން ބްރިޖުން ދަތުރު ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ
އަމްނާ އިމާދު | @amnabinthimad

| 7 ސެޕްޓެންބަރ 2018 | ހުކުރު 18:35 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ަސިނަމާލެ ބުރިޖްމަތިން މީހުންތަކެއް ހިނގާފައި ދަނީ -- ރާއްޖެއެމްވީ

މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު އާންމުންނަށް ހުޅުވާލައިފިއެވެ.

ހުކުރު ދުވަހު 16:00 އާންމުންނަށް ބުރިޖު ހުޅުވާލުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައެވެ. ބުރިޖު އާއްމުކޮށް ހުޅުވާލާއިރު ބުރިޖުން ދަތުރު ކުރުމުގެ އަގުތައް އާއްމު ކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިހާބަށް ފަހުއެވެ. އަދި ބްރިޖްގެ އަގުތައް އާއްމު ކުރެވެންދެން ބްރިޖުން ދަތުރު ކުރުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ސިނަމާލެ ބުރިޖު އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލި ނަމަވެސް އާންމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެއްނުވެއެވެ. އަދި މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބުރިޖު މަތީގައި ވަނީ ތަފާތު ހަރަކާތްތައް ބާއްވާފައެވެ.

އެގޮތުން ބްރިޖުމަތީގައި ބޭއްވި އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ބްރިޖުގެ ކައިވެންޏާއި، ގައުމީ ޔުނިވާސިޓީން ބޭއްވި ދަސްވެނިވުމެވެ. މީގެ އިތުރުން ދުވުންތަކާއި، ބައިސަލް ދުއްވުމާއި، އާންމު ރައްޔިތުންގެ ހިނގާލުމެއް ވެސް ވަނީ ބާއްވާފައެވެ.

ސިނަމާލެ ބްރިޖަށް ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. ސިނަމާލެ ބުރިޖްގެ މަސައްކަތަށް ދިވެހި ސަރުކާރުން ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުސް ބަންގާޅާން

5 މަސް ކުރިން

ހުސް ބަންގާޅާން

0
0