21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ޖީއެމް ފޯރަމް

ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުން އަންނަ އަހަރުގެ އޭޕްރިލް މަހު

  • މީގެ ކުރިން ތިން ޖީއެމް ފޯރަމް ވަނީ ބާއްވާފައި
  • ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެއް
ސިމާހާ ނަސީމް | sim_kamana

| 7 ސެޕްޓެންބަރ 2018 | ހުކުރު 18:14 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


މިދިޔަ އަހަރުގެ ޖީއެމް ފޯރަމްގެ ތެރެއިން - ހޮޓެލިއަރ މޯލްޑިވްސް -- ހޮޓެލިއަރ މޯލްޑިވްސް

ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް ރިސޯޓުގައި ބާއްވަން ނިންމައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުގެ ޖީއެމް ފޯރަމްގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ކަންތައްތަކާއި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވޭނެއެވެ.

އަންނަ އަހަރު ބާއްވާ ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުމުގައި ފަތުރުވެރިކަން ކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސައްކަތްތެރިންގެ ހުނަރާއި އެ ދާއިރާގައި ހުރި ތައުލީމީ ފުރުސަތުތަކުގެ އިތުރުން ދާއިރާގައި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ ދައުރާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ އިތުރުން ދާއިރާއާ ގުޅުންހުރި ދިރާސާތައް ހިންގާ ފަރާތްތަކަށް ވެސް ޖީއެމް ފޯރަމްގައި ބައިވެރިވެވޭނެ ކަމަށާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ. އަދި ހޮޓެލިއަރ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަހަރުގެ ކުރީ ކޮޅުގައި ހުޅުވާލާނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް