19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ޝާހިދު ކަޕޫރުގެ އާއިލާ މިހާރު އެވަނީ ފުރިހަމަ ވެފައި: ޝާހިދުގެ ބައްޕަ

  • ޕަންކަޖް ވަނީ އޭނާގެ ކާފަ ދަރިފުޅާއި ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ގޮސްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ސެޕްޓެންބަރ 2018 | ހުކުރު 17:28 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ޝާހިދު ކަޕޫރު އާއި ދަރިފުޅު މީޝާ -- ގޫގުލް

ފިލްމީ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތް އަށް މިދޔަ ބުދަ ދުވަހު ވަނީ  ފިރިހެން ދަރިއަކު ލިބިފައެވެ.

މީރާ ވިހެއުމާއި އެކު މުމްބާއީގެ ހޮސްޕިޓަލެއް ކަމަށްވާ ހިންދޫޖާ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ދިޔަ އާއިލާގެ މެންބަރުންގެ ތެރޭގައި ޝާހިދުގެ މަންމަ ނީލިމާ އާޒިމް އާއި އެއްބަންޑު ފިރިހެން ކޮއްކޮ އިޝާން ޚައްތަރު ހިމެނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ވަނީ ޝާހިދުގެ ބައްޕަ އެކްޓަރ ޕަންކަޖް ކަޕޫރުވެސް އޭނާގެ ކާފަ ދަރިފުޅާއި ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ގޮސްފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "މުމްބާއި މިރޯ" އަށް ދީފައިވާ އިންޓްވިއުގައި ޝާހިދުގެ ބައްޕަ  ބުނެފައިވަނީ ދަރިޔަކު ލިބުމަކީ އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު އުފާ ކަމަށެވެ. އަދި ޝާހިދުގެ އާއިލާ ފުރިހަމަ ވެފައިވާ ކަމަށާއި އާއިލާއަށް އާ މެންބަރަކު އިތުރުވުމުން އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝާހިދާއި މީރާއަށް މީގެ ކުރިން ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެކުއްޖާއަށް ކިޔާފައިވަނީ މީޝާއެވެ. މީޝާ ކަޕޫރު އުފަންވީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ގައެވެ.

ޝާހިދު އަކީ ޕަންކަޖްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. ޝާހިދުގެ މައިންބަފައިން ވަރިވުމަށްފަހު ޝާހިދު އާއި އޭނާގެ ބައްޕަ އާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ.

ޝާހިދު އާއި މީރާގެ ކައިވެނި ހަމަޖައްސާފައިވަނީވެސް ޝާހިދުގެ ބައްޕަ އެވެ.

ޕަންކަޖް މިހާރު ކައިވެނި ކޮށްގެން އުޅެނީ އެކްޓަރ ސުޕްރިޔާ ޕަތަކް އާ އެވެ. އަދި މި ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް