22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ވެލާނާ އެއަރޕޯޓް

އެއަރޕޯރޓް އައު ރަންވޭގައި އޮޅިގެން ފްލައިޓެއް ޖައްސައިފި!

  • ޖެއްސީ އެއަރ އިންޑިއާގެ މަތިންދާބޯޓެއް
  • އެއީ އޭ 320 މަރުކާގެ މަތިންދާބޯޓެއް
މިއުވާން މުހައްމަދު | Miuvaan

| 7 ސެޕްޓެންބަރ 2018 | ހުކުރު 16:04 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


އައު ރަންވޭގައި ޖެއްސި މަތިންދާބޯޓު -- ފޮޓޯ: ރާއްޖެ އެމްވީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ހެދި ރަންވޭގައި އޮޅިގެން އެއަރ އިންޑިއާގެ މަތިންދާބޯޓެއް ޖައްސައިފިއެވެ. 

އައު ރަންވޭގައި ޖައްސާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 3:20 ހާއިރު ޓްރިވެންޑްރަމްއިން މާލެއަށް އައި އެއަރ އިންޑިއާ ފްލައިޓް އޭ.އައި. 263 އެވެ. މި ފްލައިޓް ޓްރިވެންޑްރަމްއިން މާލެ އައުމުގެ ކުރިން ޓްރިވެންޑްރަމްއަށް ގޮސްފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއިންނެވެ. 

މަތިންދާބޯޓު އައު ރަންވޭގައި ޖެއްސިކަމަށް ބުނާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެއަރ އިންޑިއާގެ އެ ފްލައިޓަކީ އެއަރބަސް އޭ 320 މަރުކާގެ މަތިންދާބޯޓެކެވެ. 

މިޙާދިސާގައި މަތިންދާބޯޓަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއް ނޫނެވެ. އެހެންނަމަވެސް މަތިންދާބޯޓުގެ ފަހަތު ލޭންޑިންގ ގިއަރގައި ސަތަރިގަނޑެއް އޮޅިފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ. އަދި އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ވެހިކަލެއް މަތިންދާބޯޓު ކައިރީގައި އޮތްތަންވެސް ފޮޓޯތަކުން ފެނެއެވެ. 

މިހާދިސާއާއި ގުޅޭ ގޮތުން އެއަރޕޯރޓްސް ކޮމްޕެނީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް