15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

75 އަހަރަށްފަހު އުތުރު ގަޑުބަޑުގެ ވާހަކަ: އިބޫ ވައުދުވީ ހުށަހެޅި ބާރުތައް ދޭން!

  • އިބޫ އެ ވާހަކަ ވިދާޅުވީ ހއ. ބާރަށުގައި
  • މިއަދުގެ ކުދިންނަށް އެ ވާހަކަ އެނގެންޖެހޭނެ ކަމަށް ވިދާޅުވި
  • އޭރުގެ ޑިމާންޑުތައް މިއަދުވެސް ކުރާކަމުންދާ ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 7 ސެޕްޓެންބަރ 2018 | ހުކުރު 15:16 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


އިބޫއަށް މަރުހަބާ ދެންނެވުމަށް ހއ. ބާރަށުގައި ކުރިއަށް ގެންދިޔަ ޕްރޭޑުގައި ބައިވެރިވި ދޮށީ އުމުރުގެ މީހަކާ އިބޫ ވާހަކަފުޅު ދައްކަވަނީ -- އެމްޑީޕީ

ބޮޑު ތިލަދުންމަތީގެ ރައްޔިތުން މާލެ އަރައި ސަރުކާރަށް ހުށަހެޅި ކަންތައްތައް މިހާރު ވެސް ބޭނުންވާ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި އުތުރުގެ ރައްޔިތުން ބޭނުންވާ ބާރުވެރިކަން އެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

މީގެ 75 އަހަރު ކުރިން، 1943 އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު 9000 ވުރެ ގިނަ މީހުން މާލެ އެރި އެ ހާދިސާގެ ވާހަކަތައް އިބޫ ވިދާޅުވީ ތިލަދުއްމަތީގެ ތާރީހީ ރަށް، ހއ. ބާރަށުގައެވެ. ހުކުރު ދުވަހުގެ ހެނދުނު އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އިބޫ ވިދާޅުވީ އުތުރު ގަޑުބަޑު ހިނގަދިޔަ ގޮތް މިއަދުގެ ކުދިންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށެވެ.

އިބޫ ވިދާޅުވީ އެ ދުވަސްވަރު އުތުރުގެ މަސްވެރިންނަށް ރާއްޖެއިން ބޭރަށް ގޮސް މަސް ކިރައި ހެދޭ ކަމަށާއި ބޭނުންވާ ތަކެތި ރަށަށް ވެސް ގެންދެވޭ ކަމަށެވެ. ނަމަވެސް ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު، ދިވެހިން މަސް ކިރަން މަޖުބޫރު ކުރުވީ ބޮޑު ސްޓޯރަށް ކަމަށް އިބޫ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އުތުރުގައި ގިނައީ މަސްވެރި ރަށްރަށް. އޭރު ރާއްޖޭގެ މަސްވެރިންނަށް މަސްކޮޅު ހިފައިގެން ބޭރަށް ދެވޭ. އެތަކެތި ވިއްކައި، ބޭނުންވާ ތަކެތި ހިފައިގެން ރަށަށް ދެވޭ. އަދި އޭގެ ފަހުން މާލޭގައި މަސް ހިފައިގެން ގޮސް، ބޭރުގެ ފަރާތްތަކަށް ވިއްކާ ހެދޭ. ނަމަވެސް 1940ގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ގެނެވުނު ބަދަލުން ނިންމީ ދިވެހިން މަސް ކިރަން ޖެހޭނީ، ހަމައެކަނި ބޮޑު ސްޓޯރަށޭ. ސަރުކާރުން ބޮޑު ސްޓޯރު އުފައްދައި، ބޮޑު ސްޓޯރަށް މަސްވިއްކަން މަޖުބޫރު ކުރި. ހަމަ އަގު އެއާއެކުގައި ލިބޭ ގޮތެއް ނުވި،" ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވިއެވެ.

ހއ. ބާރަށުގައި ކުރިއަށް ގެންދިޔަ ޕްރޭޑުގެ ތެރެއިން: އުތުރު ގަޑުބަޑުގެ ވާހަކަ ވިދާޅުވީ ބާރަށުގައި-- ފޮޓޯ/ އެމްޑީޕީ

އެމަނިކުފާނު ވިދާޅުވީ މަސްވެރިން ބާނާ މަސް މާލެ ގެނެސް، ބޮޑު ސްޓޯރަށް ވިއްކަން ފެށުމުން މަހުގެ ހަމަ އަގު ލިބޭ ގޮތް ނުވި ކަމަށާއި ކިރާ މަސްކޮޅަށް ފައިސާ ވެސް ނުލިބުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އުތުރުގެ ރައްޔިތުންނަށް ދިމާވި އޭރު ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް އިބޫ ވިދާޅުވިއެވެ.

"އެހާ ހިސާބުން އެ ނިމުނީއެއް ނޫން. ބައެއް ފަހަރު ކިރާ މަސްކޮޅަށް، ލާރި ފައިސާ ލިބޭ ގޮތެއް ނުވި. މިއީ ހަގީގަތުގައި އޭރު އުތުރުގެ ރައްޔިތުންނަށް އޭރު ދިމާވި މައްސަލައަކީ،" އިބޫ ވިދާޅުވިއެވެ.

ތާރީހީ ލިޔުންތަކުން ބުނާ ގޮތުން އުތުރު ގަޑުބަޑުގައި މާލެ އެރީ 9،452 މީހުންނެވެ. ބޮޑު ތިލަދުންމަތިން ފުރައިގެން އެ މީހުން މާލެ އައީ 552 އޮޑިދޯނިފަހަރުގައެވެ.

އިބޫ ވިދާޅުވި ގޮތުގައި އުތުރުން މާލެ އައި މީހުންނާ ސަރުކާރުން މަޝްވަރާ ކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބޭއްވިއެވެ. އެ މީހުންނާ މަޝްވަރާ ކުރުމަށްފަހު، އެ މީހުން ދޫކޮށްލައި، އެކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހައްޔަރުކޮށް ސަރުކަރުން އަނިޔާދިން ކަމަށް އިބޫ ވިދާޅުވިއެވެ.

"...ފުރަތަމަ މަޝްވަރާ ކުރެވުނު،. އެއަށްފަހު ދޫކޮށްލުމަށްފަހު، އެނބުރި އެ ހުރިހާ އިސްކޮށް ތިއްބެވި ބޭފުޅުން ބުރިން ހަން ނަގައި، ދުއްރައިން ތަޅައި، އުމުރަށް ޖަލަށްލެވި، ބައެއް ބޭފުޅުން އާއިލާއާ ވަކިވެގެންދާން ޖެހުނީ," އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުތުރުގެ ރައްޔިތުން މިހާރު ވެސް ޑިމާންޑު ކުރަނީ މަހަށް ހަމަ އަގު ހޯދުމަށް ކަމަށާއި ކަންކަން ނިންމުމުގެ ބާރު ހޯދުމަށް ކަމަށެވެ. އެ ޑިމާންޑުތައް އިއްވުމަށްފަހު، އެކަންކަން ކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

އިބޫ އެގޮތަށް ވައުދު ވެވަޑައިގެންނެވިއިރު، ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަންކޮށްގެން، މަސް ދޯނިތަކުގައި ރާއްޖެއިން ބޭރަށް ގޮސް މަސް ކިރޭނެ ގޮތް ހައްދަވައި، މަސްވެރިންނަށް ޑޮލަރު ހޯދައިދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ވައުދުވެފައެވެ.

އިބޫ ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުންނަށް މާލީ ފުދުންތެރިކަން ލިބޭ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި ކައުންސިލްތަކަށް ބާރުވެރި ކުރުވާނެ ކަމަށެވެ.

"މިއަދުވެސް އަޅުގަނޑުމެން މި ދައްކަނީ އެ ވާހަކަ. އަޅުގަނޑުމެންނަށް މަހަށް ހަމަ އަގު ނުލިބޭ ވާހަކަ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކަންތައްތައް ނިންމުމުގެ ބާރު ނުލިބޭ ވާހަކަ. އަޅުގަނޑުމެން އެ ތާރީހު އިޔާދަވާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ރައްޔިތުންނަށް ބާރުތައް ދޫކޮށްލަން. ރަށްރަށަށް ބަރުތައް ދޫކޮށްލަން. ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަން،" އިބޫ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް