21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

އެމެރިކާގެ އެމްބެސެޑަރ

ރާއްޖެއާއި ލަންކާ އަށް ކަނޑައަޅުއްވާ އެމެރިކާ ސަފީރު ކަމަށް ޓެޕްލިޓްޒް

 • ޓެޕްލިޓްޒް އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެއް
 • އަތުލް ކޭޝަޕްގެ ދައުރު ހަމަވީ މިދިޔަ މަހު
 • އެމެރިކާގެ ސެނެޓުން ޓެޕްލިޓްޒް އަށް ރުހުން ދިނީ މިއަދު
އަޒުމޫން އަހުމަދު | azmoon_ahmed

| 7 ސެޕްޓެންބަރ 2018 | ހުކުރު 15:05 | |

މަގުބޫލް

 1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
 2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
 3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
 4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
 5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
 6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
 7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
 8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ސްރީ ލަންކާއާއި ރާއްޖެއަށް އެމެރިކާ އިން ކަނޑައެޅި އާ ސަފީރު ޓެޕްލިޓްޒް -- އޭއެފްޕީ/ގެޓީ

ދިވެހިރާއްޖެއާއި ސްރީ ލަންކާ އަށް އެމެރިކާއިން ކަނޑައަޅުއްވާ ސަފީރު ކަމަށް އަލައިނާ ބީ ޓެޕްލިޓްޒް އައްޔަންކުރުމަށް އެގައުމުގެ ސެނެޓުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖެއާއި ސްރީ ލަންކާގެ ސަފީރު ކަމަށް ޓެޕްލިޓްޒް އައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، ރައީސް ޓްރަމްޕްގެ އެ ނިންމެވުމަށް ސެނެޓުން ރުހުން ދީފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ޓެޕްލިޓްޒް އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. އެގޮތުން، ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޓެޕްލިޓްޒް ވަނީ އެމެރިކާއިން ނޭޕާލްއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެމެރިކާގެ ޚާރިޖިއްޔާއާ ޓެޕްލިޓްޒް ގުޅިވަޑައިގަތީ 1991 ވަނަ އަހަރުއެވެ. ޚާރިޖީ ދާއިރާގައި އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި އެ ގައުމުތަކާ ގުޅުން ހުރި މަސައްކަތްތަކުގައެވެ.

ރާއްޖެއާއި ލަންކާއަށް އެމެރިކާއިން އާ ސަފީރެއް ހަމަޖައްސާފައި މިވަނީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަތުލް ކޭޝަޕްގެ ދައުރު ހަމަވަމުންނެވެ. ކޭޝަޕް އެ މަގާމަށް ހަމަޖެއްސެވީ 2015 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހުއެވެ. މަގާމުގެ ދައުރު ހަމަވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ކޭޝަޕް ފާހަގަކުރެވިގެން ގޮސްފައިވަނީ، އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކާއި ރާއްޖޭގެ ސިޔާސީ ބައެއް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކާފަ ދ

3 މަސް ކުރިން

ނިކަން ކެޗަޕް ޖެއްސިކަހަލަ ވައްތަރެއް މިދައިތަ ޖައްސަން އުޅެބަލަ. ކުޅި ދައްކާލާނަން

0
0