17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބޮލީވުޑް

ސްޓްރީ ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ކުރިއަށް

  • ފިލްމް ރިލީޒް ކުރިތާ ހަ ދުވަސް ތެރޭގައި މި ފިލްމަށް 54.89 ކްރޯޑް އިންޑިއަން ރުޕީޒް ވަނީ ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ސެޕްޓެންބަރ 2018 | ހުކުރު 12:58 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ސްޓްރީގެ ޕޯސްޓަރު -- ހިންދުސްތާނީ ޓައިމްސް

ލީޑް ރޯލުން ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ފެނިގެންދާ ފިލްމް "ސްޓްރީ" އަށް ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ބޮޑު އާމްދަނީއެއް ލިބެމުންނެވެ.

އެގޮތުން ފިލްމް ރިލީޒް ކުރިތާ ހަ ދުވަސް ތެރޭގައި މި ފިލްމަށް 54.89 ކްރޯޑް އިންޑިއަން ރުޕީޒް ލިބިފައިވާ ކަމަށް ޓްރޭޑް އެންލިސްޓެއް ކަމަށްވާ ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

މިދިޔަ މަހު 31 ގައި ރިލީޒްކުރި މި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު 6.82 ކްރޯޑް ރުޕީސް ލިބިފައިވާ އިރު ހަފްތާ ބަންދުގައި އެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން ހޮނިހިރު ދުވަހު ވަނީ 10.87 ކްރޯޑް ރުޕީސް އަދި އާދިއްތަ ދުވަހު ވަނީ 13.57 ކްރޯޑް ރުޕީސް ލިބިފައެވެ.

ބިރުވެރި މަޖާ ކަންތައްތަކެއް ފެނިގެންފާ މި ފިލްމްގެ ވެގެން ގޮސްފައި ވަނީ ފިލްމް އެޅުވި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރާޖްކުމަރު ރާއޯގެ ފުރަތަމަ ފިލްމަށެވެ.

ޝްރައްދާގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވާ ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި "އޭކް ވިލަން" އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ވަނީ 16 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

"ސްޓްރީ" އަށް ބޮކްސް އޮފީހުގައި ވަނީ މިއަހަރު ރިލީޒްކުރި "ސޯނޫކީ ޓީޓޫ ކި ސްވިޓީ" އަދި "ފުކްރޭ ރިޓާންސް" އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ.

މި ފިލްމާ އެއް ދުވަހެއްގައި ރިލީޒް ކުރި ލީޑް ރޯލުން ދަރްމެންދްރާ އާއި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް ފެނިގެންދާ "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" އަށް މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 8.25 ކްރޯޑް އިންޑިއަން ރުޕީސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހުކުރުގައި "ލައިލާ މަޖްނޫ"، "ގަލީ ގުލަޔާން،" އަދި "ޕަލްޓަން" ރިލީޒް ކުރުން ވެސް "ސްޓްރީ" އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ކާމިޔާބަށް ހުއްޓުމެއް ނެތި ލިބެމުންދާނެތޯ ބެލުމަށް ގިނަ ފަރާތްތަކުން ވަނީ ޝައުގުވެރިކަން އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް