18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އެމްޑީޕީގައި އެބަހުރި: ޗެއާޕާސަން

 • ބޭނުމަކީ ވަގު އައިޑީކާޑުން ވޯޓުލާ މީހުން ދެނެގަތުން
 • ސަރުކާރުގެ އިދާރާއެއްގައި އެ ޓެކްނޮލޮޖީއެއް ނެތް
 • އޭޝިއާގައި އެ ޓެކްނޮލޮޖީ ބޭނުން ކުރަނީ ތިން ގައުމެއްގައި
ޙުސައިން ޙަސަން | hucenhassan

| 7 ސެޕްޓެންބަރ 2018 | ހުކުރު 12:19 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އިންސާނާގެ ސޫރަ އައިފޯނުން ދެނެގަންނަނީ -- އެޕަލް

އިންސާނާގެ ސޫރައިން އޭނާގެ ވަނަވަރު ދެނެގަންނާނެ ގޮތް ނުވަތަ ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އެމްޑީޕީގައި އެބަ ހުރި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އިތުރަށް ވޯޓުލުމަށް "ވަގު އައިޑީކާޑު" ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވައި، ހއ. ދިއްދޫގައި ހުންނަވާ "ރާއްޖެޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ވިދާޅުވީ ވަގު އައިޑީކާޑު ހިފައިގެން ގޮސް، އެ އައިޑީކާޑުގައިވާ މައުލޫމާތުތައް ނިސްބަތް ނުވާ މީހަކު އިންތިހާބުގައި ވޯޓުލާ ނަމަ އެކަން ދެނެގަންނާނެ ކަމަށެވެ.

"މިހާރު އެމްޑީޕީގައި އެބަހުރި ޓެކްނޮލޮޖީ އެ ވަގު އައިޑީކާޑު ހިފައިގެން ގޮސް ވޯޓުލާ މީހާގެ މޫނުން، އެ ފޮޓޯއިން، އޭނާއަކީ އެ އައިޑީކާޑުގައި ހުރި މައުލޫމާތު ހުރި މީހާ ނޫންކަން، ދެނެގަންނާނެ ޓެކްނޮލޮޖީ އެބަހުރި އެމްޑީޕީގަ. ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އެބަހުރި އެމްޑީޕީގަ،" ހަސަން ވިދާޅުވިއެވެ.

އޮޅުވާލައިގެން ވޯޓުލުމަށް މަސައްކަތްކުރާ މީހުންނަށް ހައްގު އަދަބު ލިބޭނެ ކަމަށް އިޝާރާތްކުރައްވައި ހަސަން ވިދާޅުވީ ވަގު އައިޑީކާޑު ހިފައިގެން ގޮސް، އިތުރަށް ވޯޓުލާން އުޅޭ މީހުން ގާނޫނީ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އެމްޑީޕީގައި ހުރި ކަމަށް އެ ޕާޓީން ބުނެފައި ވަނީ ސަރުކާރުންގެ އިދާރާއަކުން އެފަދަ ޓެކްނޮލޮޖީއެއްގެ ބޭނުން ކުރަން ފަށާފައި ނުވަނީހެވެ. އޭޝިއާ ސަރަހައްދުގައި ވެސް އެ ޓެކްނޮލޮޖީ ބޭނުން ކުރަނީ މަދު ގައުމަކުންނެވެ. މަގުތަކާއި މީހުން އެއްވެ އުޅޭ ތަންތަނުގައި ފޭސް ރެކޮގްނިޝަން ކެމެރާ ހަރުކޮށްގެން، މޮނީޓާ ކުރަމުންދާ އޭޝިއާގެ ގައުމުތަކަކީ ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ޗައިނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް