11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ބާރަށާ އެކު އިބޫ ކެމްޕެއިންގައި ވަޑައިގެން ރަށްތަކުގެ އަދަދު 100

  • އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައިވޭ
  • އާބާދީ ބޮޑެތި ރަށްތަކުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 7 ސެޕްޓެންބަރ 2018 | ހުކުރު 11:56 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އިބޫ ހއ. ދިއްދޫ ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: -އެމަނިކުފާނު ވަނީ 100 ރަށަށް މިހާތނަށް ވަޑައިގެންފައި -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިނަށް ވަޑައިގެންނެވި ރަށްތަކުގެ އަދަދު 100 އަށް އަރައިފިއެވެ.  

މި މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އެމަނިކުފާނު 100 ވަނަ ރަށެއްގެ ގޮތުގައި ވަޑައިގެންނެވީ ހއ. ބާރަށަށަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ އިބޫ އަށް ރިޔާސީ ޓިކެޓް ދިނުމަށް އެމްޑީޕީން ނިންމި ފަހުން ރަށްރަށަށް ވަޑައިގެން ކުރައްވަމުން ގެންދެވި ކެމްޕެއިންގެ ތެރެއިން އަދި ބޮޑެތި އާބާދީތައް ހިމެނޭ ރަށްތަކަށް ވަޑައިގެންފައި ވެއެވެ. އެމަނިކުފާނު ވަޑައިގެން 100 ރަށުގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވަމުއްލަކު ސިޓީ ފިޔަވައި އެހެން ތަންތަނަކީ އިލެކްޝަނަށް ފޯމް ހުށައެޅުއްވުމަށް ފަހު ވަޑައިގެންނެވި ރަށްރަށެވެ. އިބޫ އިލެކްޝަނަށް ފޯމް ހުށައެޅުއްވީ މިދިޔަ ޖުލައި 26 ވަނަ ދުވަހުއެވެ.

އެމަނިކުފާނަށް ކޮންމެ ރަށަކުން ވެސް ހޫނު މަރުހަބާއެއް ދަންނަވާފައި ވެއެވެ. އެމަނިކުފާނު ރަށްތަކަށް ވަޑައިގެން އެ ރަށް ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައެވެ. އަދި ކޮންމެ ރަށަކާ މެދު ވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ހާމަކުރައްވައި އެރަށް ރަށަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައެވެ. އަދި އެހެންމެ ގިނަ ރަށްތަކުގައި އެރަށުގެ ކައުންސިލާ ބައްދަލު ކުރައްވާފައިވެއެވެ.

އިބޫގެ އިތުރުން އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވެސް ގެންދަވަނީ އެކި ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. މި ގޮތުން ފައިސަލް 76 ރަށަކަށް ވަޑައިގެންފައިވާއިރު އެ ދެ ބޭފުޅުނަށް ޖުމްލަ 176 ރަށަކަށް މިހާރު ވަނީ ވަޑައިގެންފައެވެ.  

ބާރަށަށް ވަޑައިގެން އެރަށުގައި އެމަނިކުފާނު ވަނީ ކޯލިޝަން ސަރުކާރެއްގައި ރަށުގެ ބޯފެނުގެ ނިޒާމް ގާއިމުކުރައްވާނެ ކަމަށާއި ރަށުގައި ފަޅު ފުންކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންމެ ރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ގޯތިގެދޮރުގެ ސިޔާސަތުގެ ދަށުން އެރަށް ރަށުގައި ވެސް ގެ ނޭޅިފައި ތިބި ފަރާތްތަކަށް ދޫކުރާ ލޯނު ސްކީމްގެ ދަށުން ގެދޮރު އެޅިގެންދާނެ ކަމަށް ވެވަޑައިގެންނަވާ ވައުދު ބާރަށުގައި ވެސް ތަކުރާރު ކުރެއްވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް