15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ޕީޕީއެމްގެ 123 އެކްޓިވިސްޓަކު އޮފިޝަލުންނަށް ނަގާފައިވާ މައްސަލަ އެމްޑީޕީން ސަމާލުކަމަށް ގެނެސްފި

  • ވަގު އައިޑީކާޑު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ
  • އިތުރު ފޮށި ބަހައްޓަން އުޅޭ ރަށް ދެނެގެންފައިވޭ
  • ހައްލު ހޯދާނެ ގޮތް ހޯދާނެ ކަމަށް އެމްޑީޕީން ބުނި
ޙުސައިން ޙަސަން | hucenhassan

| 7 ސެޕްޓެންބަރ 2018 | ހުކުރު 11:20 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ޕީޕީއެމްގެ 123 އެކްޓިވިސްޓުން ނަގާފައިވާކަން ފާހަގަވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ހުންނަވައި "ރާއްޖެޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ މީހުން ޕީޕީއެމްގެ ހަރަކާތްތަކުގައި ނޫޅެވޭނެ ކަމަށާއި އިލެކްޝަންސްގެ އޮފިޝަލުން އަމަލު ކުރަންޖެހެނީ އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަކަމާ އެކުގައި ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އެ މަސްއޫލިއްޔަތު އަދާކުރެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ގާނޫނީ ގޮތުން އެ ބޭފުޅުން އުފުލަންޖެހޭ ޒިންމާ އުފުލަންޖެހޭނެ. ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އިންތިހާބުގައި މިފަދަ އޮޅުވާލުންތަކެއް އޮޅުވާލާ ފަރާތްތައް ފިޔަވަޅު އެޅެމުންދާނެ. ޖިނައީ ކުށެއް އެބޭފުޅުން ކުރައްވަނީ. އެ ކުށުގެ އުގޫބާތަކީ ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމް ވެސް އެބަހުރި،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ "ވަގު އައިޑީކާޑު" ހަދާފައިވާ ކަމުގެ ޝަކުވާ އެ ޕާޓީއަަށް ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ކުރަންޖެހޭ އިންތިމާޒުތައް އެމްޑީޕީން ފުރިހަމަ ކުރަމުންދާ ކަމަށެވެ. އެގޮތުން ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އެމްޑީޕީގައި އެބަހުރި ކަމަށާއި ވަގު އައިޑީކާޑު ހަދައިގެން ވޯޓުލާ މީހުން ދެނެގަންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ވޯޓު ފޮށިތަކާ އެކު، އިތުރު ފޮށިތަކެއް ރަށްތަކަށް ފޮނުވަމުންދާ ކަމަށް ފާހަގަ ކުރައްވައި، ހަސަން ވިދާޅުވީ އިތުރަށް ވޯޓުފޮށިތައް ދިޔަ ރަށްތަކަކީ ކޮންބައިކަން އެނގޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ހިންގަން އުޅޭ ޖަރީމާއަށް އެމްޑީޕީ ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ އަޅުގަނޑުމެން ހުންނާނީ. މިހާރު ވެސް ފޮށި ބަދަލުކޮށްފި ނަމަ، ނުވަތަ ބަދަލު ކުރަން އުޅެއްޖެ ނަމަ، އެކަން ހުއްޓުވުމަށްޓަކާ ކުރަންޖެހޭ އިމްތިޒާމުތައް އަޅުގަނޑުމެން ވާނީ ރަށްރަށުގައި ކޮށްފައި. އަަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެއް ފޮށި ހުންނަންޖެހޭ ތަނަކަށް ދެ ފޮށި ގެންގޮސްގެން، އެ ވޯޓު ފޮށި ބަދަލުކޮށްގެން އިލެކްޝަންސް ކޮމިޝަނުން އެ ޖަރާިމާ ހިންގަން އިލެކްޝަންސް ކޮމިޝަނުން އުޅުއްވާފިއްޔާ އެކަން ހުއްޓުވުމަށްޓަކާ، އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން ކުރަންޖެހޭ އިންޔިޒާމުތައް މިހާރު އެ ރަށްރަށުގައި އަޅުގަނޑުމެން ވާނީކޮށްފައި،" ހަސަން ލަތީފު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް