22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގައުމު އަމާންވުން

ގައުމު އަމާން ތަނަކަށް ބަދަލު ކޮށްލުމަކީ ހަފްތާއެއްގެ މަސައްކަތް: ފައިސަލް

  • ގައުމުން ފެންނަނީ ކޮރަޕްޝަނާއި ފަސާދަ
  • މީޑިއާތަކަށް އުނދަގޫކުރާ މަންޒަރު ފެންނަ ކަމަށް ފައިސަލް ވިދާޅުވި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 7 ސެޕްޓެންބަރ 2018 | ހުކުރު 03:17 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމް -- ރާއްޖެއެމްވީ

އިޚްލާސްތެރިކަމާ އެކު މަސައްކަތް ކޮށްފި ކަމުގައި ވާނަމަ ގައުމު އަމާންތަނަކަށް ބަދަލު ކޮށްލުމަކީ ހަފްތާއެއްގެ މަސައްކަތެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންގް މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ "ހުވަދޫ އަޓިގެޔާ" ގައި ވާހަކަ ދައްކަަވަމުން ފައިސަލް ވިދާޅުވީ ގައުމުގައި ފަސާދަ އާއި ކޮރަޕްޝަން އަލާވެ، އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް އިޚްލާސްތެރިކަމާ އެކު މަސައްކަތް ކޮށްފި ނަމަ ހަފްތާއެއްގެ ތެރޭގައި، އެކަންތައް އިސްލާހު ކުރެވޭނެ ކަމަށެވެ. 

ފައިސަލް ވިދާޅުވީ މިވަގުތު މި ފެންނަނީ ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން، މީހުން ގަތުލުކޮށް، އަންހެނުންގެ ހައްގުތަކަށް އަރައިގަނެ، އެކި ފަރާތްތަކަށް ޖެއްސުންކުރާ މަންޒަރު ކަމަށެވެ. އަދި އެކަން ކުރާ މީހުންތައް ނުހުއްޓުވިގެން މި އުޅެނީ ކީއްވެތޯ ފައިސަލް ވަނީ ސުވާލު ކުރައްވާފައެވެ. 

ފައިިސަލް ވިދާޅުވީ ޖަރީމާތައް ހިންގާ މީހުން ނުހުއްޓުވިގެން އުޅޭއިރު ވެސް، ސިޔާސީ މައްސަލައެއް ފެންމަތި ވެއްޖެ ނަމަ އެކަން އިސްލާހު ކުރަން ނަގަނީ ހަފްތާއެއް ކަމަށާއި، އިސްލާހުކުރަން ވަކި ގޮތެއް ނޯންނަ ކަމަށެވެ. ސިޔާސީ ޝަރީއަތްތަކުގައި ފެންނަމުން ދަނީ ހަފްތާއެއްގެ ތެރޭގައި ހުކުމް އިއްވާ ޖަލަށްލާ ތަން ކަަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ހައްގު ބަސް ބުނުމުގައި ސާބިތު ކަންމަތީ ތިބޭ މީޑިއާތަކަށް އުނދަގޫ ކުރަމުންދާ ކަމަށާއި އަދި އެ ފަރާތްތަކަށް ބިރު ދައްކާ މަންޒަރު ފެންނަ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި އަބުރުގެ ގާނޫނު ބޭނުން ކޮށްގެން ތަފާތު ގޮތް ގޮތަށް ޖެއްސުން ކުރަން އުޅޭ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ބަދަލަކަށް މިހާރު މިވަނީ ބޭނުންވެފައި ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ. އަދި ފައިސަލް ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ، އިދިކޮޅުގެ "ސައިޒު" ދައްކާލުމަށް ވެސް ގޮވާލައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަސަރީ

2 ހަފްތާކުރިން

އެހެންވެއްޖިއްޔާ ހަމަނުޖެހުން ހިންގަނީ ފައިސަލްގެ މީހުންދޯ؟

0
0
އަސަރީ

2 ހަފްތާކުރިން

އެހެންވެއްޖިއްޔާ ހަމަނުޖެހުން ހިންގަނީ ފައިސަލްގެ މީހުންދޯ؟

0
0