17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ދަތިކުރުމުގެ ފިޔަވަޅު

ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިންވެސް ދީފި

 • ޑިމޮކްރަސީގައި ރާއްޖެއިން ފަހަތަށް ފިޔަވަޅު އަޅާތީ އެމެރިކާއިން ކަންބޮޑުވޭ
 • ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލާފައިވޭ
 • އީޔޫ އިންވެސް ވަނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި
މިއުވާން މުހައްމަދު | Miuvaan

| 7 ސެޕްޓެންބަރ 2018 | ހުކުރު 01:10 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

މިނިވަން އިންތިޚާބަކަށް ހުރަސް އަޅައި، ޤާނޫނުގެ ވެރިކަން ކުރުމަށް ހުރަސް އަޅާ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު، ޑިމޮކްރަސީގައި ރާއްޖެއިން ފަހަތަށް ފިޔަވަޅު އަޅާތީ އެމެރިކާއިން ކަންބޮޑުވާކަމަށެވެ. 

އެމެރިކާގެ ބަޔާނުގައި ސިޔާސީ ހައްޔަރީން މިނިވަންކުރުމަށާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލާފައިވެއެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، އިންސާނީ އަދި އަސާސީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ގޮތް ނިންމޭނެފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މަގު ފަހިކުރުމަށް ދިވެހި ސަރުކާރަށް އެމެރިކާ ސަރުކާރުން ގޮވާލާފައިވެއެވެ. 

މިނިވަން އިންސާފުވެރި އިންތިޚާބެއްގެ މުހިއްމުކަމުގެ ވާހަކަ އެބަޔާނުގައި ފާހަގަކޮށްފައިވާއިރު، ރާއްޖެއިން ޑިމޮކްރަސީގެ މަގަށް އަނބުރާ ނައިސްފިނަމަ، ޑިމޮކްރަސީ ނައްތާލައި، ޤާނޫނުގެ ވެރިކަން ކުރުމަށް ހުރަސް އަޅައި އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން ވަނީ އިންޒާރު ދީފައެވެ.

ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން 28 ޤައުމުން ނިންމައި، އެފިޔަވަޅުތައް އެޅުމުގެ އޮނިގަނޑު ވަނީ ފާސްކޮށްފައެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން އެޤައުމުތަކާއި ގުޅިފައިވާ ޤައުމުތަކުންވެސް މިފިޔަވަޅުތައް އެޅުމުގައި ބައިވެރިވާނެކަމަށް ބެލެވެއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ސަރުކާރަށް ދީފައިވަނީ ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ ލިޔެކިޔުންތަކެއްކަމަށް ބުނެ، ސަރުކާރުގެ މީޑިއާއާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އިސްވެރިން ފަތުރާފައިވާ ލިޔުންތަކަކީ ފޭކު އެއްޗެއްކަމަށް އެމެރިކާ އެމްބަސީއިން ބުނުމުންވެސް ސަރުކާރުގެ މީޑިއާއިން އެވާހަކަ ފަތުރައި، ވެރިކަންކުރާ ޕާޓީގެ މެމްބަރުން އެވާހަކަ ފަތުރަމުން ދަނިކޮށެވެ. އެމެރިކާ އެމްބަސީއިން އެކަން ސިފަކޮށްފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބަޔަކު ކުރަމުންދާ ކަމެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mimu

4 މަސް ކުރިން

ކިހިނެއް؟

0
0
jazeera

4 މަސް ކުރިން

Mi raees jalah laabala

0
0
އެމްޑީޕީ.

4 މަސް ކުރިން

އެމެރިކާ މޮޔަވީތަ ފުރަތަމަ ކަމަކަށް ބަލަންވީ އެމެރިކާގެ ރިޔާސީ އިންތީޚާބު އެއީ ކިހާ މިނިވަން އިންތިޚާބެއްތޯ

0
0