18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިޚާބު 2018

ހިންނަވަރުގެ ޕީޕީއެމްއަށް ތާއީދު ކުރާ ގިނަ ބަޔަކު ކޯލިޝަންއާ ގުޅިއްޖެ

  • އަހްމަދު ޝަރީފް ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާފައި
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:50 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ


ހިންނަވަރުގެ ގިނަ ރައްޔިތުންތަކެއް އިބޫއަށް ތާއީދު ކުރަން ނިންމުން -- ރާއްޖެއެމްވީ

ޅ.ހިންނަވަރުގައި ޕީޕީއެމްއަށް ކެމްޕޭން ކުރި ގިނަ އަދަދެއްގެ ބަޔަކު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އަށް ތާއިދުކޮށްފިއެވެ.

އޭގެ ތެރޭގައި ޖުލައި މަހު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެމްބަރެއްގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ޝަރީފް (ހަންޓަރ) ހިމެނެއެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނާޒިމާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ އަހުމަދު ޝަރީފަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ކެމްޕޭން ކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި 2009 ގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އޭނާ ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ވާދަކުރައްވާފައެވެ.

މިމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ހިންނަވަރުން ތިން އިންސައްތަ ވޯޓު ވެސް ނުލިބޭނެ ކަމަށް އެމީހުން ބުނެއެވެ. ހިންނަވަރުން ގިނަ ބަޔަކު ކޯލިޝަންއާއި ގުޅިފައިވާއިރު ސަރުކާރުގެ ގިނަ މުވައްޒަފުން އަންނަނީ ފާޅުގައި ކޯލިޝަންއާއި ގުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މައުމޫން

2 މަސް ކުރިން

ތިތާ ތި ތިބީ އެމީހުންގެ ދަރިންނާ ދަރިންގެ ދަރީން ??

0
0
Shaviyani

2 މަސް ކުރިން

Zuhaira mihaaru hunaanee raakanimas kevifa. Adhives fuhphaafa meehuna comment kuraathi. Dho waheedha

1
1