19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވޭނެ، ޓީޗަރުންގެ މުސާރަ ބޮޑުކުރާނަން: އިބޫ

  • މަތީ ތަޢުލީމު ހާސިލްކުރުމަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރާނަން
  • ހައި އެޗީވަރޒްއަށް ކުރިއަރާފައިވާ ޤައުމުތަކުން ކިޔެވުމުގެ ފުރުޞަތު ދޭނަން
  • ޓީޗަރުންގެ މުސާރަ މާ ކުޑަ، ބޮޑުކުރާނަން
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:34 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ދިއްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީ އާއި ހަމައަށް ރާއްޖެއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފޯރުކޮށްދިނުމަށްފަހު، އިތުރަށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖެއިން ބޭރަށް ގޮސް އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނާއި، މިހާރުވެސް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް މި ލޯން ސްކީމުން މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މި ލޯން ސްކީމްގެ ދަށުން ދޫކުރާ ލޯނަކީ އިންޓްރެސްޓް ކުޑަ، ލުއިފަސޭހަ ކަމާއިއެކު ދައްކައި ނިންމޭ ފަދަ ލޯނަކަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"ފުރަތަމަ ޑިގްރީ އާ ހަމައަށް ރާއްޖޭގަ ތިބެގެން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ލިބިގެންދާނެ. ރާއްޖެއިން ބޭރުގާ ކިޔަވަން ބެނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ، ލޯން ސްކީމެއްގެ ދަށުން ލޯން ލިބި، އެކުއްޖަކު ބޭނުންވާ ޤައުމެއްގާ، އެކުއްޖަކު ބޭނުންވާ ޔުނިވަރސިޓީއެއްގާ، ތައުޅިމު ހާސިލްކުރުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށް ލިބިގެންދާނެ. އަދި އެ ލޮނު އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް އަޅުގަނޑުމެންގެ ވެރިކަމުގާ ހަމަޖެހިގެންދާނެ. އަދި މިހާރު އަމިއްލަ ގޮތުން ލޯނު ނޫނީ އަމިއްލަ ޚަރަދުގާ ރާއްޖެއިން ބެރުގާ ކިޔަވަމުންދާ ކުދިންނަށް، އަޅުގަނޑު މި ދެންނެވި ސްކީމުގާ ބައިވެރިވުމުގެ ފުރުބަތު ލިބިގެންދާނެ"، އިބޫ ވިދާޅުވިއެވެ.

ސާނަވީ މަރުހަލާގައި މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް، ޚާއްސަކޮށް އެއްވަނަ ހޯދާ ދަރިވަރުންނަށް، އެކުދިން ބޭނުންވާ ދުނިޔޭގެ މަޝްހޫރު، ބޮޑެތި ޔުނިވަރސިޓީތަކަށް ދިއުމުގެ ފުރުޞަތު ހަނިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެކުދިން ބޭނުން ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުޞަތު ދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ޕްރެސިޑެންޝަލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ޖީސީއީ އޭލެވެލްއިން އެއްވަނަ ލިބޭ ހުރިހާ ދަރިވަރުންނަށް، އެކުއްޖަކު އިޚްތިޔާރުކުރާ ތަނަކުން ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެ. އަދި ކަނޑައެޅޭ މިންގަނޑަކަށްވުރެ މަތިން ފުރަތަމަ ޑިގްރީއަށް ވަނަ ހޯދާ ފަރާތްތަކަށް މާސްޓަރޒްއަށް ކިޔެވުމަށް ސްކޮލަރޝިޕް ދެވޭނެ" އިބޫ ވިދާޅުވީއެވެ.

އިބޫ ވިދާޅުވީ، ޤައުމަށް ފަންނުވެރިން ބޭނުންވާ މުހިއްމު އެކި ދާއިރާތަކުން، މާސްޓަރޒް އާއި ޕީއެޗްޑީއަށް ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް ހުޅުވާލައްވާނެ ކަމަށެވެ.
ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަލިއަޅުވަލައްވާ އިބޫ ވިދާޅުވީ އަލަށް އެކުލަވާލި ޤައުމީ މަންހަޖަށް މުދައްރިސުން ތަމްރީނުވެފައި ނެތުމަކީ މިއަދު އެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. އަދި ޤައުމީ މަންހަޖު އިތުރަށް މުރާޖަޢާ ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މުދައްރިސުންނަށް މިހާރު ލިބޭ މުސާރައަކީ މުދައްރިސުން ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށޭނަ މުސާރައެއް ނޫންކަން ފާހަގަކުރައްވާ، ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި މުދައްރިސުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް އިބޫ ވަޢުދުވެވަޑައިގެންނެވިއެވެ.   

ތައުލީމަކީ އާބާދީއަށް ބެލުމެއް ނެތި އެންމެހާ ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ކަމަކަށް ވާއިރު، ސަރަޙައްދީ ދަނާލުތަކާއި، ސަރަޙައްދީ ބޯޑިން ސްކޫލްތައް ޤާއިމް ކުރައްވާނެކަމަށް އިބު ވިދާޅުވިއެވެ. އަދި ގްރޭޑް ދިހަޔަކަށްވުރެ މައްޗަށް ކިޔެވެން ނެތް ރަށްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަތޮޅުތަކުގައި ޖޫނިއާ ކޮލެޖްތައް ޤާއިމް ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި އިބޫގެ ތަޢުލީމީ ސިޔާސަތުތައް ހާމަކުރެއްވިއިރު، ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ތަޢުލީމީ ސިޔާސަތު އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޒަހީރާ.މާލެ

2 މަސް ކުރިން

ތިޔައީ އެއްވެސް ސަރުކާރެއްގަ ވީ ކަމެއް ނޫން ބުރޯ. އަދި ނުވެސް ކޮއްދެވޭނެ.

0
0