21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ކޯލިޝަނާއި ގުޅުން

ތިނަދޫ ފެނަކައިގެ 17 މުއައްޒަފުން ކޯލިޝަނަށް ތާއީދުކޮށް ފާޅުގައި ކުރިއަށް!

  • ތިނަދޫއިން އިތުރު މުއައްޒަފުން ކޯލިޝަނާއި ގުޅޭނެކަމަށް މައުލޫމާތު ލިބޭ
އާމިނަތު ނުޒުހާ | nuzu8121

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:30 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  4. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  5. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުއްވި ކެންޑިޑޭޓަކަށް ނާދިރާ
  8. މެނިފެސްޓޯ ތަންފީޒު ކުރަން މަޖިލިސް މެމްބަރުނާއި ވަޒީރުން ހިމެނޭ ގޮތަށް ފަސް ކޮމެޓީއެއް


ކޯލިޝނާއި ގުޅުނު ތިނަދޫ ފެނަކައިގެ މުއައްޒަފުން -- ޓްވިޓަރ

ގދ. ތިނަދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ 17 މުއައްޒަފުން ކޯލިޝަނަށް ތާއީދުކޮށް ފާޅުގައި ނުކުމެއްޖެއެވެ.

އެ މުއައްޒަފުން ކޯލިޝަނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ "ބިރު ދައްކައިގެން ފަހަތަށް ނުޖެއްސޭނެ" ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ކޯލިޝަނަށް ތާއީދު ކުރާތާ ދުވަސްތަކެއް ވެއްޖެއެެވެ. އެހެންނަމަވެސް ފާޅުގައި މަސައްކަތް ކުރުމަށް ނިންމީ ބުރާސްފަތި ދުވަހު ކަން ވަނީ އެނގިފައެވެ. އަދި މީގެ ތެރެއިން ބައެއް މުއައްޒަފުންނަކީ، ކޯލިޝަންގެ ބައެއް ޖަލްސާތަކުގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރުމާއި ދިރިއުޅޭ ރަށްނޫން އެހެން ރަށްރަށަށް ވަޒީފާބަދަލުކޮށްފައިވާ މުއައްޒަފުންނެވެ.

ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ރާއްޖެއެމްވީއަށް ވިދާޅުވީ، މިއަދު ތިނަދޫންނައި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން ފެނިގެން އެ ދަނީ ސަރުކާރުން ރައްޔިތުން ފިއްތާ ދައްކާ ބިރުގެ ނަތީޖާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ބިރު ފަހަނަ އަޅާގޮސް ކޯލިޝަނާއި ގުޅޭ ސަރުކާރު މުއައްޒަފުންނާއި ކުންފުނި ތަކުން މުއައްޒަފުން ފަތުއަޑު ކިޔާފައި ކޯލިޝަނާއި ގުޅޭ މަންޒަރު ފެނިގެންދާނެކަމަށެވެ. އަދި ތިނަދޫއިންވެސް އަދިވެސް އެތަށް މުއައްޒަފުން ކޯލިޝަނާއި ގުޅޭ މަންޒަރު ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހުވެސް ވަނީ މާލޭގެ އިސްކަންދަރު ސްކޫލްގެ ވިއްސަށްވުރެ ގިނަ ޓީޗަރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި ބައްދަލުކޮށް، އެމަނިކުފާނަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޕިލޯސަފަރު

8 މަސް ކުރިން

އަދިވެސް އިންސާނީ ކަރާމަތާއި ހައްގަށް ނުބަލާ މުވައްޒަފުންނަށް ހިތުހުރި ގޮތަކަށް ހަދާނަމޭ ހިތާ މުވައްޒަފުން ސަަަސްޕެންޑްކޮށް ހިޖުރަކުރުމަށް މަޖުބޫރުކުރޭ! ފަހެ، އެމީހުންގެ ކުށަކީ ތިމަންމެން އިބޫއަށް ތާޢީދުކުރަމޭ ބުނުން ހެއްޔެވެ؟ ކުރާ އަނިޔާ ގެ ހިތިކަން ތި ފެނަކަ އާޢި މި ސަރުކާރު ނިކަންހުރެ ދެކޭނެއެވެ.

0
0