
| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:19 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފުލުހުންގެ އޮނިގަނޑު ހަރުދަނާކޮށް އިންސާފްވެރިކަމާއި އެކު ފުލުހުންނަން ޕްރޮމޯޝަން ލިބިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ
ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ފުލުހުންގެ އިތުބާރު ގެއްލިގެންދާނީ އެ މުއައްސަސާގައި މަސައްކަތްކުރާ މަދު ބައެއްގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ފުލުހުންނަން ތަމްރީން ހޯދަދީ އެ މުއައްސަސާއަށް އެކަށީގެންވާ ބަޖެޓް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގެ އޮނިގަނޑު އިންސާފުވެރިކަމާއި އެކުލަވާލާއި ޕްރޮމޯޝަން ވެސް ލިބިގެންދާނީ އިންސާފުވެރިކަމާއި އެކީގައި ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ފުލުހުންނާއި ސިފައިން ގާނޫނީ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ
މިގެ އިތުރުން ފައިސަލް ވިދާޅުވީ ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އެހެންމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ޖަލްސާއެއް ބާއްވާނެ ތަނެއް މާލޭއިން ލިބިފައި ނުވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވާ ބޮޑު ޖަލްސާއަށް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
މި ކަންމަތީ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދުގެ އިތުރުން އެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ބައިވެރިވަޑައިގެންނެވިރު މާފަންނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް