22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ބުރިޖް

ބުރިޖާއި ގުޅޭ މަގު ހުޅުވާލައިފި!

  • ހުޅުވައިލި ނަމަވެސް ޕޭވްމަންޓާ ގުޅޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދޭ
އާމިނަތު ނުޒުހާ | nuzu8121

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 22:32 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ތާރު އަޅައިގެން ހަދާފައިވާ މަގެއް -- ގޫގުލް

ސިނަމާލެ ބްރިޖާއި ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ބުރާސްފަތި ދުވަހުގެރޭ ހުޅުވާލައިފި އެވެ.

ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ރިންގް ރޯޑް ހަދާފައިވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތިން ފެށިގެން މާފަންނު އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. ވެހިކަލްތައް ދުއްވޭ ގޮތަށް އެ ސަރަހައްދު މިރޭ ހުޅުވާލިޔަސް، އެ މަގުގެ އެއްވެސް ސަރަހައްދެއްގައި ޕާކް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް މަގުގެ އެއްވެސް ތަނެއްގައި ޕާކް ކުރުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.

ބްރިޖާ ގުޅޭ މަގުތައް ބުރާސްފަތި ދުވަހުގެރޭ 8:30 ހާއިރު ހުޅުވައިލި ނަމަވެސް ޕޭވްމަންޓާ ގުޅޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

ރިންގް ރޯޑް ހުޅުވާލުމާއެކު ގިނަ ބަޔަކު އެމަގުގައި ދުއްވާލަން ނުކުމެފައިވޭ

ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށްޓަކައި އެ މަގު ހަދާފައިވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް، 12 މީޓަރަށް ފުޅާކޮށެވެ. އެ މަގު މިރޭ ހުޅުވާލިޔަސް، މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބައެއް ސަރަހައްދުގެ ޕޭވްމަންޓްގެ ބައެއް މަސައްކަތްތައް އަދިވެސް ދަނީ ކުރަމުންނެވެ.

އެ މަގު ހަދަމުންދާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް ވެސް އުވާލައި، މިހާރު ވަނީ ކުރިން އޮތް ޓްރެފިކް ފްލޯ ހަމަޖައްސައިފަ އެވެ. އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް، ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސް މަގާ ހަމައަށް ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖައްސައި، އަދި ފިލިގަސް މަގު ވެސް ކުރިއެކޭ އެއްގޮތަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

PPM

8 މަސް ކުރިން

MDP MEEHUNAH BEYNUMEH NUVAANE THI HABAREH ADU AHAAKAH.. EKUDHIN GE HAJAM MAHSALA ULHEYTHIVE..NUVES ARAANE BRIDGE AKAH VES E RING ROAD AKAH VES..BEYKAARU LAARI VIYYA DHO..NUVISNEYTHI DHERA EE

0
0