
| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 22:20 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ތަރައްޤީގެ ނަމުގައި ރައްޔިތުންގެ ކަރަށް މަހާލާފައިވަނީ ދަންމަޅިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން މިދަނީ އިންތިހާއަށް ދަރަމުންކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓް ސަރުކާރުން ހުށަހެޅިއިރުވެސް ކޮންމެ ދިވެއްސެއްގެ ބޮލަށް ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ދަރަނި ޖެހިފައިވާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި 2020 ވަނަ އަހަރާއި ހަމަޔަށްދާއިރު، ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހޭ އާމްދަނީގެ ތެރެއިން ބޮޑު ބައި ދައްކަން ޖެހެނީ ޤައުމުގެ ދަރަނި އަދާކުރުމަށްކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ބޮލަކަށް ޖެހޭ 1 ރުފިޔާގެ ތެރެއިން 1ރ 20ލ ދަރަންޏަށް ދައްކަން ޖެހުމުން، އާމްދަނީއަށް ވުރެ ދަރަނި ބޮޑުވެގެން ދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ރާއްޖެ ދަރުވާލާފައިވާ މައްސަލައިގެ އިތުރުން ތަރައްޤީގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތަކަށް ޝާހިދު ފާޑުވިދާޅުވިއެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ޕްރޮޖެކްޓްތައް އެއީ މިސަރުކާރުން ހިންގި ޕްރޮޖެކްޓްތައް ކަމަށް ދެއްކުމާއި، ޕްރޮޖެކްޓްތަކުގެ ތެރެއިން އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވާތީ، ޝާހިދު ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން މަޝްރޫޢުތައް ހިންގާފައި ހުރީ ކާޅު ހާއްޔަށް ކޮވެލި ބިސްއަޅާ އުޞޫލުންކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ހިންގާފައި ހުރި ޕްރޮޖެކްޓްތައް މިސަރުކާރުން އަމިއްލަކުރަން މަސައްކަތްކުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަންވެސް ރަނގަޅަށް ކުރަން ނޭނގުނުކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތައް ބަހާނެ ގޮތެއްވެސް މިސަރުކާރަށް ނޭނގުނުކަމަށާއި، ބޮޑު ތަނުން މަކަރު ހަދަން ހަދައިގެން އެކަންވެސް ނުވިކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖެ ވަނީ އިންސާފުގެ މަގަށް ހިފާފައިކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް