22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އާކް

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

  • ހިޔާލު ހޯދުމުގެ މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިން
  • ބައްދަލުވުމުގެ މަޤްސަދަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި ލިބެން ހުރި ފުރުސަތުތައް ދެނެގަތުން
ސިމާހާ ނަސީމް | sim_kamana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:57 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އާކް އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- އާރކް

އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފްއާއި ގުޅިގެން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހިޔާލު ހޯދުމުގެ މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ބިލުގައި ހިމެނޭ ކަންކަމަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއި، ބިލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުޑަކުދިންގެ ޚިޔާލު ހޯދުމާއި، ކުޑަކުދިންގެ ނަޒަރުގައި ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި ލިބެން ހުރި ފުރުސަތުތައް ދެނެގަތުމެވެ. ހިޔާލު ހޯދުމުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބިލްގެ ތިން ބަޔަކަށް އިސްކަންދީގެންނެވެ. އެއީ، ހައްޤުތަކާއި މިނިވަންކަން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމް އަދި ތަންފީޒް ކުރުން، މި ތިންބައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ކުޑަކުދިން ބިލާމެދު ވާހަކަ ދައްކަމުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ހަނގާކުރުން ފަދަ ކަންކަން ހުއްޓުވުމަށް ބާރު އަޅާނެކަންކަން ހިމެނުމާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންފަދަ ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް މި ބިލުގައި މިހާރަށްވުރެ ބޮޑަށް ފޯކަސް ކުރުން މުހިއްމުކަމަށް ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލެއް އެކުލަވާލުމުގައި އެންމެ އިސްކަންދޭ ފަރާތަކީ ކުޑަކުދިންނަށްވާތީ، ބިލުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކުޑަކުދިންގެ ބައިވެރިވުން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އާކްއިން ބުނެފައިވެއެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާގެ 12 ވަނަ މާއްދާއިން "ކުޑަކުދިންނާއި ގުޅުން ހުރި ހުރިހާ ކަމެއްގައި، އެކުދިންގެ އަޑު މިނިވަންކަމާއެކު އުފުލުމުގެ" ހައްޤު ކަށަވަރުކޮށްދީފައިވެއެވެ. މިހެންވެ، ކުޑަކުދިންނާއި ސީދާގޮތުން އަސަރުކުރާ ކަންކަމުގައި، އިޖުތިމާޢީ އަދި ޤާނޫނީ އުސޫލުތައްވެސް ހިމެނޭގޮތުން، ގޮތް ނިންމުމަށް ކުޑަކުދިންގެ ބައިވެރިވުން ހޯދުމަށް އެހީތެރިވުމަކީ ކުޑަކުދިންނަށް ވަރަށް މުހިންމު ކަމެއްކަމުގައި އާކުން ދެކެއެވެ.

މި ބައްދަލުވުމަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް އާކްއާއި ޔުނިސެފުން 30 ޖުލައި 2018 ގައި ފަރާތުން ބޭއްވި ބައްދަލުވުމާއި ގުޅިގެން ބޭއްވިގެން ދިޔަ ބައްދަލުވުމެކެވެ. މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި މި ބިލަށް ގެންނަން ފެންނަ އިސްލާހުތައް ހިމެނޭ ލިސްޓެއް އެކުލަވާލާފައިވެއެވެ.

ކުޑަކުދިންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ހުށަހެޅިގެން ދިޔަ ހިޔާލުތައް މަދަނީ ޖަމިއްޔާތަކުން ހުށަހެޅި ހިޔާލުތަކާއިއެކު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށް އާކުން ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް